Advertisement

ޑރ. މުއިއްޒުގެ މެނިފެސްޓޯ އިޢުލާން ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން، ފޮޓޯ: ސޯޝަލް މީޑިއާ

21 Sep 2023
ޚަބަރު

އިޤްތިޞާދު ތަން ނުދޭނަމަ ސިފައިންނާއި ފުލުހުންގެ މުސާރަ ޑަބަލް ކުރުމުގެ ވަޢުދަށް ބަދަލު ގެންނަންޖެހިދާނެ

މިދިޔަ ހުކުރު ދުވަހުގެ ރޭ "މަވެސް ޕީޕީއެމް" ގެ ނަމުގައި ކާނިވާ ސަރަޙައްދުގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީ ގެ ރިޔާސީ ކެނޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒު ވަނީ ފުލުހުންނާއި ސިފައިންގެ މުސާރަ ޑަބަލް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުވެފައިވާކަމަށް އެބޭފުޅުންގެ ކެމްޕެއިން ޖަލްސާތަކުގައި ވިދާޅުވަމުން ގެންދަވާއިރު، މި ވަޢުދަކީ ފުއްދޭނެ ވަޢުދެއްތޯ ގިނަ ބަޔަކު ދިޔައީ ސުވާލު ކުރަމުންނެވެ

އެގޮތުން "އާސްކް މުއިއްޒު" ގެ ނަމުގައި ސަންގު ޓީވީއިން އަންގާރަ ދުވަހުގެރޭ ބޭއްވި ޕްރޮގްރާމެއްގައި، އާންމު ފަރާތަކުން ވަނީ އެ ސުވާލު ޑރ. މުއިއްޒުއާއި ކުރައްވާފައެވެ. ޖަވާބުގައި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، އެކަން ކުރައްވަން ވިސްނަވަނީ އެއް ފަހަރާ ނޫންކަމަށާއި، ނަމަވެސް 3 ބުރަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ 2024 ގައި %35، އޭގެ 2 އަހަރު ފަހުން 2026 ގައި %35 އަދި 2028 ގައި ބާކީ %30 ކަމަށެވެ

ފުލުހުންނާއި ސިފައިންގެ މުސާރައިގެ ވަޢުދު ތަންފީޒު ކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަ ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، އެބޭފުޅާގެ ވަޢުދުތަކަކީ ޓެކްނިކަލް ޓީމަކުން ނިންމައިގެން ރައްޔިތުންނަށް ހުށަހަޅާ ކަންތައްތަކެއް ކަމަށާއި، ނަމަވެސް ސިފައިންނާއި ފުލުހުންގެ މުސާރައާއި ގުޅިގެން ވެވުނު ވަޢުދަކީ ވެދާނެކަމެއްކަމަށް ޤަބޫލު ނުކުރާކަމަށެވެ.

އަޅުގަނޑަށް ޓެކްނިކަލް ޓީމަކުން ދެއްވާ މަޢުލޫމާތުގެ މައްޗަށް މި ކަންތައްތައް ހުށަހަޅަނީ. އެ ހުށަހަޅާ އިރުގަ މި ކަމަކީ ކުރެވިދާނެކަމެއް ކަމަކަށް ޤަބޫލެއް ނުކުރޭ. އެހެންވީމަ އެކަމުގަ އަޅުގަނޑު އަނެއްކާވެސް އެބަ ބަލަން، ބަލާފަ އެއަށް ބަދަލެއް ގެންނަން ޖެހޭކަމަށްވަންޏާ އަޅުގަނޑު އެ ބަދަލު ވެސް ކުރާނަން

ޕީއެންސީގެ ކެނޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒު

ސިފައިންނާއި ފުލުހުންގެ މުސާރައާ ގުޅިގެން ޑރ. މުޙައްމަދު މުއިއްޒު "އާސްކް މުއިއްޒު" ޕްރޮގްރާމުގައި

ކެމްޕެއިން ޖަލްސާއެއްގައި ބޮޑު ވަޢުދެއްވުމަށްފަހު، އެ ވަޢުދާއި ގުޅިގެން ރައްޔިތުން ސުވާލު އުފެއްދުމުން އޭގެ 3 ދުވަސް ފަހުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ޑރ. މުއިއްޒު އިތުރަށް ފާހަގަ ކުރެއްވީ، ރައްޔިތުންނަށް ކަމެއް ހުށަހަޅާއިރު ހުށަހަޅަނީ އެކަމެއް ކުރެވޭނެކަމުގެ ޔަޤީންކަން އޮވެގެންކަމަށެވެ. ނަމަވެސް ޓީވީ ޕްރޮގްރާމުގައި ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުން ފާހަގަވެފައިވަނީ ފުލުހުންނާއި ސިފައިންގެ މުސާރަ ޑަބަލްކުރުމުގެ ވަޢުދަކީ އެހާބޮޑަށް ރޭވިގެން ވެވުނު ވަޢުދެއް ނޫންކަމެވެ

އަދި މީގެ އިތުރުން ތަންފީޒީ އެހެން އިދާރާތަކާއި، މިނިވަން މުވައްސަސާތަކާއި ސަރުކާރުގެ އެހެން މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމުގެ ވިސްނުންފުޅު ގެންގުޅޭކަމަށާއި، ނަމަވެސް މި ހުރިހާކަމެއް ކުރެވޭނީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވެ، ޤައުމުގެ އާމްދަނީ އިތުރު ކުރެވޭ މިންވަރަކަށް ބަލައިގެންކަމަށް ވަނީ ވިދާޅުވެފައެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ ޕޭ ހާމަނައިޒޭޝަންގެ ދަށުން، ފުލުހުންނާއި ސިފައިން، ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުން، މޯލްޑިވްސް އިމިގްރޭޝަނާއި ކަސްޓަމްސް ސާވިސް، ކަރެކްޝަނަލް ސާވިސް، ސިވިލް ސާވިސްގައި ހިމެނޭ އެހެން ހުރިހާ މުވައްޒަފުންގެ އިތުރުން އިމާމުންނާއި މުދިމުންގެ މުސާރަ ވެސް މިއަންނަ ޖެނުއަރީ މަހުން ފެށިގެން އެންމެ މަދުވެގެން %40 ގެ ކުރިއެރުމެއް ގެންނަވާނެކަމަށް ވިދާޅުވެފައެވެ.

ފުލުހުންނާއި ސިފައިންނަށް މިހިނގާ 2023 ވަނަ އަހަރު ކަނޑައަޅާފައިވާ ބަޖެޓަށް ބަލާލާއިރު، އެލަވަންސްތަކާއި، ޕެންޝަނާއި އަދި މުސްކުޅި ކުރުމުގެ ފައިސާއާ ނުލައި ފުލުހުންގެ މުސާރައަށް 510.9 މިލިއަން ރުފިޔާ ޚަރަދުވެއެވެ. އަދި ސިފައިންގެ މުސާރައަށް 370.2 މިލިއަން ރުފިޔާ ޚަރަދުވެއެވެ. އެހެންކަމުން މިހާރު އޮތް ކެޕޭސިޓީގައި އެ ދެ މުވައްސަސާގެ މުސާރަ ޑަބަލް ކުރާނަމަ 1.76 ބިލިއަން ރުދިޔާ ޚަރަދުވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.
18 Sep 2024
ޚަބަރު
އިމިގްރޭޝަން އޮފިސަރެއް ކަމަށް ހެދިގެން ފޭރުނު މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލައިގައި ހައްޔަރުކޮށްފައިވާ، ގ. ބެރުގެ އުމުރުން 44 އަހަރުގެ މުޙައްމަދު ނަވީންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޟިރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ އިއްޔެ ކަމަށެވެ. އިމިގްރޭޝަންގެ އޮފިސަރެއް ކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ، ބިދޭސީ އެއްގެ އަތުން 9000ރ ފޭރިގަތް މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގައެވެ.
18 Sep 2024
ޚަބަރު
މީހަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލައި އަދި އޭނާ ލައްވައި މަސްތުވާތަކެތި ވިއްކުވުމުގައި ސިފައިންގެ ދެމީހުން ބައިވެރިވި: ފުލުހުން
ފުލުހުންގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައިވާ ސިފައިންގެ ދެމީހުންނާއި ގުޅޭ މައުލޫމާތު އެމްއެންޑީއެފާއި ޙިއްޞާކޮށްފައި ވާނޭ ކަމަށެވެ. އަދި އެމީހުންނާއި މެދު އެއިދާރާއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނީ އެ އިދާރާއިންކަންވެސް ޝިފާން ފާހަގަކުރެއްވިއެވެ.
18 Sep 2024
ޚަބަރު
ޒަކިއްޔާގެ ޕޯސްޓް މޯޓަމް ނުހެދީ ތަޙްޤީޤަށް އެކަން މުހިއްމު ކަމަށް ނުފެންނާތީ: ފުލުހުން
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު ތަޙްޤީޤަށް ބޭނުންވާ ސާމްޕަލްތައް ނަގައި އަނބުރައި ރަށަށް ފޮނުވައި ހަށިގަނޑު ވަޅުލީ، ޕޯސްޓް މޯޓަމް ހެދުން މުހިއްމުކަމަށް ތަޙްޤީޤަށް ނުފެންނާތީ ކަމުގައެވެ. އެހެން ނަމަވެސް ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހްޤީޤުތައް އަދިވެސް ކުރިޔަށްދާކަމަށާއި ތަޙްޤީޤުގެ ބޭނުމަށް ފުލުހުން އެރަށުގަިއ ހަރަކާތްތެރިވަމުންދާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.