Advertisement

24 Sep 2023
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް

އުތުރު ތިލަފަޅުގައި ދިރިއުޅޭނީ ދިވެހިން: ރައީސް

އުތުރު ތިލަފަޅުގައި ދިރިއުޅޭނީ ދިވެހިންކަމަށާއި، ފްލެޓާއި ގޯތި ދިނުމަށް ސަރުކާރުން އަލަށް ހުޅުވާލާ ހައުސިން ސްކީމްގެ ދަށުން އުތުރު ތިލަފަޅުން ގޯތި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާން ކުރެއްވީ، ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް އެމްޑީޕީގެ ރިޔާސީ ކެމްޕެއިނާއި ގުޅުން ފާހަގަކުރުމަށް ރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުން އުތުރު ތިލަފަޅު އޮތީ އިންޑިއާއަށްދީފައެވެ. އެތަނުގައި ތިބެނީ އިންޑިއާ ސިފައިންނެވެ. ނަމަވެސް ސަރުކާރުން މިކަން ދޮގުކުރައްވައެވެ.

ބޯހިޔާވަހިކަމުގެ އައު މަޝްރޫއުގެ ދަށުން 4000 ގޯއްޗާއި، 6000 ފްލެޓަށް ކުރިމަތިލުމަށް ސަރުކާރުން ވަނީ ހުޅުވާލާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ މާލޭގެ ރައްޔިތުންނޭ އެއްގޮތަށް، މާލެއަށް ހިޖުރަކޮށް ދިރިއުޅެމުންދާ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް މާލެ ސަރަޙައްދުން ހިޔާވަހިކަން ލިބޭނެކަމަށެވެ. އެގޮތުން މި ސްކީމްގައި، ދަފްތަރުގައި ޖެހިފައިވާ މީހުންނާއި، އަދި މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނަށްވެސް ތަފާތުކުރުމެއް ނެތި ބިން މިލްކުކުރުމުގެ ފުރުޞަތު ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަޝްރޫޢުން ގޯތި ދޫކުރަން ނިންމާ އެއް ތަނަކަށް ވާނީ އިންޑިއާއަށް ދީފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ އުތުރު ތިލަފަޅުކަމަށެވެ. އަދި އުތުރު ތިލަފަޅުގައި އުޅޭނީ ބޭރު މީހުން ނޫންކަމަށާއި، ދިވެހި ރައްޔިތުންކަމަށް ރައީސް ވިދާޅުވިއެވެ.

"އުތުރު ތިލަފަޅަކީ ބޭރުމީހުން އުޅެން ހަދާ ތަނެއް ނޫން. އެތާންގައި އުޅޭނީ ދިވެހިން. މިހާރު ފަށާފައިވާ ބްރިޖް މަޝްރޫޢު މާލެ-ވިލިމާލެ-ގުޅިފަޅު-ތިލަފުށި-ގިރާވަރުފަޅުން ގޮސް ނިމޭނީ އުތުރު ތިލަފަޅަށް." ރައީސް ވިދާޅުވިއެވެ.

އުތުރު ތިލަފަޅުން ގޯތިދެނީ "ބިންވެރިޔާ" ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުންނެވެ. މިހާރު ވަނީ 2 ވަނަ ފިޔަވަހީގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. ރައީސް ވިދާޅުވީ މިއީ ދިވެހި ރައްޔިތުން އުފާވެރި އަމާން ރާއްޖެއަކަށް ގެންދިއުމަށް ކުރައްވާ މަސައްކަތްތައްކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Sep 2024
ޚަބަރު
އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ - ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައި ކަމުގައި ހީނާ ވަނީ ވިދާޅުވެފައެވެ.
19 Sep 2024
ކުޅިވަރު
ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް އަދި ނޭނގޭ: ނޯމަލައިޒިން ކޮމެޓީ
ނޯމަލައިޒިން ކޮމެޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެފައިވަނީ، ކުލަބުތަކުގެ މާލީ ހާލަތު ދަށްވެފައިވުމާއި ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީތައް މިވަގުތު ހުސްވެފައިވުމުގެ ސަބަބުން، ސީޒަން ފެށުމަށް ގިނަ ދުވަސް ހޭދަވާނެ ކަމަށެވެ.
19 Sep 2024
ކުޅިވަރު
ބައްސާމް ދެ އެޕާޓްމަންޓު ގަތް މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދީފައިވާ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމް އަދީލް، އަމީން އެވެނިއު އިން ދެ އެޕާޓްމެންޓް ގަތް މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.