Advertisement

02 Oct 2023
ޚަބަރު

ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން ކުރީގެ ސީއެޗްއެސްއީ އިމާރާތައް

މާލެއިން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ހަވާލުކުރުން އަންގާރަ ދުވަހުން ފެށިގެން ކުރިއަށްދާނީ ކުރީގެ ސީއެޗްއެސްސީ ޢިމާރާތުގައިކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ. މި މަސައްކަތް މިހާތަނަށް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ ސިންތެޓިކް ޓްރެކްގައެވެ.

ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމާއި، ބިން ކަނޑާ ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށީ އޮގަސްޓްމަހުގެ 27ވަނަ ދުވަހުއެވެ.  މިިނިސްޓްރީން މިހާރު މިވަނީ ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް، މާލޭގައި ހުންނަ ކުރީގެ ސީއެޗްއެސްސީ އިމާރާތަށް ބަދަލުކުރުމަށް ނިންމަވާފައެވެ. އެގޮތުން އަންގާރަ ދުވަހުން ފަށައިގެން ދެން ގޯތީގެ ރަޖިސްޓްރީގައި ސޮއިކޮށް ދޫކުރާނީ، އެ ސެންޓަރުންނެވެ. މިނިސްޓްރީން ވިދާޅުވީ ގޯތި ލިބުނު މީހުންނަށް މިނިސްޓްރީން ގުޅައި، ރަޖިސްޓްރީގައި ސޮއިކުރަން ދާންވީ ގަޑިތައް އަންގަމުންދާނެކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ހިމަނުއްވާފައިވާ، ބިންވެރިޔާ ސްކީމްގެދަށުން ޖުމްލަ 19,639 މާލެގެ ރައްޔިތުންނަށް ގޯތި ލިބެއެވެ. ޖޮއިން އެޕްލިކޭޝަންތައް ހިމެނޭހެން އެއީ 9,001 ގޯއްޗެވެ. ގޯތި ދޫކުރަނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުންނެވެ. 

ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،218 ގޯތި އަދި ގިރާވަރު ފަޅުން 5،432 ގޯތި ދޫކުރެއެވެ. މި ގޯތި ތަކުގެ ތެރެއިން 1،250 އަކަފޫޓާއި 1،650 އަކަފޫޓާއި 2،050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެއެވެ. އަދި 2،450 އަކަފޫޓުން ފެށިގެން 4،000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރައްވާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.

ސަރުކާރުން ވިދާޅުވެފައިވަނީ ގޯތި ލިބުނު ހުރިހާ މީހުންނަށް ނޮވެމްބަރު 5ގެ ކުރިން ގޯތި ހަވާލުކޮށް ނިންމާނެކަމަށެވެ. މި މަސައްކަތަކީ ޒަމާނުއްސުރެ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ފައްޓަވާފައިވާ މަސައްކަތެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.