Advertisement

ވޯޓުފޮއްޓެއް ބަންދުކޮށްފައި

30 Sep 2023
ޚަބަރު

ވޯޓު ނެގުން ނިންމައި ބައެއް ފޮށިތަކުގައި ގުނުމުގެ މަސައްކަތް ފަށައިފި

މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުން ނިންމައި، ވޯޓު ގުނުމުގެ މަސައްކަތް ފަށައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުން ކުރިޔަށް ގެންގޮސްފައި ވަނީ މިއަދުގެ ހެނދުނު، 8:00 އިން ފެށިގެން ހަވީރު 5:00އަށެވެ. އަދި ހަވީރު، 5:00 ޖެހި އިރު ގިނަ ފޮށިތަކެއް ވަނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވަގުތައް ނިންމާފައެވެ.

އިންތިޚާބުގެ ވޯޓުނެގުން ކުރިޔަށް ދިޔައީ އަމާންކަމާއި އޮމާންކަމާއެކުގައެވެ. އެހެން ނަމަވެސް ވޯޓުލާ ސަރަހައްދުން ބޭރުގައި މާރާމާރީތައް ހިންގާފައި ވާއިރު، ގދ. ވާދޫގައި މީހަކު ވޯޓުފޮއްޓަށް ގެއްލުން ދީފައިވެއެވެ.

އިންތިޚާބާއި ބެހޭ ޤާނޫނުގައި ބުނެފައިވާ ގޮތުން، ވޯޓު ގުނަން ފަށާނީ، ވޯޓު ނެގުން ބަންދުކުރާތާ، 30 މިނިޓް ފަހުންނެވެ. 

މިއިންތިޚާބުގައި ވޯޓުނެގުމަށް ރާއްޖެއާ ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތައް ހިމެނޭ ގޮތުން ޖުމުލަ 586 ވޯޓުފޮއްޓެއް ބަހައްޓާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.