Advertisement

29 Sep 2023
ޚަބަރު

ގޯތި އަތުނުލާނަމޭ އިދިކޮޅުން ބުންޏަސް ގަބޫލުކުރާނީ ކިހިނެތް: ރައީސް

މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިން ގޯތި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އަތުނުލާނެ ކަމަށް ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިޔަސް ހައުސިން މިނިސްޓަރަކަށް ހުންނަވައި މާލޭގެ ރައްޔިތުންނާ މެދު އަމަލުކޮށްފައިވާ ގޮތުން އެކަން ގަބޫލުނުކުރެވޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

40 އަހަރަށް ފަހު މާލެ ސަރަހައްދުން ބިން ކަނޑައި އިން ވަކިކޮށް މާލޭގެ ރައްޔިތަކަށް ގޯއްޗެއް ދޭން ކެރުނު ބަޔަކު މި ސަރުކާރު ނޫނީ ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ވީ އެ ވައުދު މި ސަރުކާރުން ފުއްދާފައިވާ ކަމަށާއި މާލޭގެ ރައްޔިތުންނަށް މި ދައުރުގެ ތެރޭގައި ބިން ހަވާލުކުރާނެ ކަމަށް ވިދާޅުވިއެވެ. އެ ގޯތިތަކުގައި އިމާރާތް ކުރެވޭނެ ގޮތް ވެސް ހަދައިދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓް ތަކުރާރުކޮށް އެބަވިދާޅުވޭ ތިމަންނަމެން އަޔަސް އެ ދޫކޮށްފައި ހުރި ގޯތިތަކެއް ނުނަގާނަމޭ. ކިހިނެއްތޯ އެކަން އަޅުގަނޑުމެން ގަބޫލުކުރާނީ. ޝާހިދު އެ ވިދާޅުވިހެން ގުޅީފަޅުން ދޫކޮށްފައި ހުރި ފްލެޓްތަކަށް ފައިސާ ދައްކައި ނިންމާފައި އޮށްވައި 24 ގަޑިއިރު ދީފައި އެތަނަށް ފުލުހުން އަރުވައި މީހުން ބޭލީ," ރައީސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި ފަށައި ނުނިމި ވަރަށް ގިނަ ބަޔަކަށް ތަކުލީފު އުފުލަން ޖެހިފައި ވަނިކޮށް އެކަންކަމަށް ހައްލު ހޯދައިދީ ވަންނާނެ ތަނެއްގެ އިންތިޒާމް ހަމަޖައްސައިދިނީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ސީ ލައިފާއި ކޭޕާކާއި ޖާހް ފްލެޓްތައް ހިމެނެއެވެ.

ގާކޮށްޓާއި އަރަބިއްޔާ ފްލެޓްތައް ބޮޑު އަގުގައި ދޫކޮށްފައި ވަނިކޮށް އެ މީހުންނަށް ވެސް އެކަމުގައި ލުޔެއް ހޯދައި ދިނީ މި ސަރުކާރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"މިހެން ހުރި ދަތި އެތައް އުނދަގޫ ކިތަންމެ ކަމަކަށް މި ވޭތުވެދިޔަ ހަތަރު, ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ރައްޔިތުންނަށްޓަކައި ހައްލު ގެނެވިއްޖެ. މި ހުރިހާ ކަމެއް ހިނގައިދިޔައީ ކޮވިޑުގެ އާލަމީ ދަތިތަކާ އެކު. ދިވެހި ރާއްޖެ އޭރު އޮތް ހާލަތު ވެސް މިއަދު ވެސް އަޅުގަނޑުމެން ހިތަށް އަރާ," ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ސްކީމެއް ހުޅުވާލައި ހުޅުމާލެ އާއި ގުޅީފަޅުން ގޯތި ދޫކުރަން ފަށައިފައެވެ. ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ފުރަތަމަ ބުރުގައި 18،955 މީހަކު ގޯއްޗަށް ޝަރުތު ހަމަވާއިރު އެއީ އެއީ 9003 ގޯއްޗެވެ. ފުރަަތަމަ ބުރުގައި ދޫކުރާ ފްލެޓްގެ ދާއިމީ ލިސްޓު އިއުލާންކޮށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭން ވަނީ ނިންމައިފައެވެ.

ބޯހިޔާވަހިކަމުގެ ދެވަނަ ފިޔަވަހިން، 8،000 ފްލެޓާއި 5،000 އަށް ވުރެން ގިނަ ގޯއްޗަށް ކުރިމަތިލާން މިހާރު އޮތީ ހުޅުވާލައިފައެވެ. މި ސްކީމް ހުޅުވާލީ މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެހެން ރަށްރަށުގެ މީހުންނަށް ވެސް ގޯއްޗަށް އެދި ކުރިމަތިލެވޭ ގޮތަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.