Advertisement

01 Oct 2023
ޚަބަރު

ރައްޔިތުން އެދޭ ގޮތައް ގައުމުގެ ކަންކަން ކުރިއަށް ގެންގޮސްދޭނަން: މުއިއްޒު

ރައްޔިތުން އެދުނު ގޮތަށް ސަރުކާރާއި ގައުމުގެ ކަންކަން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށްފަހު، ރޭ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުން ނިންމި ނިންމުމާ އެކު ލިބިގެން މި ދިޔައީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށްޓަކައި ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. މި ވަގުތަކީ ގައުމުގައި ހަމަޖެހުން ގާއިމުކޮށްފައި ބާއްވަން ވަރަށް މުހިންމު ވަގުތެއް ކަން ފާހަގަކުރައްވައި، އެ މަނިކުފާނު އިލްތިމާސް ކުރެއްވީ އެއްވެސް މީހަކު ގައުމުގެ ހަމަޖެހުން ގެއްލޭ ފަދަ ކަމަކަށް ފުރުސަތު ނުދެއްވުމަށެވެ.

ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކޮށް، ގައުމުގެ އިގުތިޞާދު ކޮޅަށް ޖަހައި، މިނިވަންކަން ޔަގީންކުރުމުގެ ފުރުސަތު ދެއްވުމަށް ހުރިހާ ރައްޔިތުންނަށް މުއިއްޒު ވަނީ ގޮވާލައްވައިފައެވެ.

"އަޅުގަނޑުގެ ޢަމަލު ހުންނާނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް. ބަހުގެ އިތުބާރު ދަމަހައްޓާ ޢަމަލާ ބަހާ ދިމާވާނެ. ރައްޔިތުން ބޭނުންވާގޮތަށް މަސައްކަތްތައް ކުރިއަށްގެންދާނީ. ދިވެހިން ދިވެހިންގެ ރާއްޖެއަށް ގެންގޮސްދޭނަން." އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން ގެއަށް ބަދަލުކޮށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.

މުޅި ރާއްޖޭގައި ބަހައްޓާފައިވާ 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް 585 ފޮށި ގުނާފައިވާއިރު މުއިއްޒު ވަނީ 126،612 ވޯޓު ހޯއްދަވައިފަ އެވެ. މުއިއްޒާ ވާދަކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ލިބިވަޑައިގަތީ 108،180 ވޯޓެވެ. އެއީ، 18،432 ވޯޓުގެ ފަރަގެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.