Advertisement

02 Oct 2023
ޚަބަރު

ޤާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރ 11 ގައި ވެރިކަން ބަދަލުވާނެ: ރައީސް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ނޮވެމްބަރު 11 ވަނަ ދުވަހު ބަދަލުކުރުމަށް ޤާނޫނީ ހުރަހެއް ނެތްނަމަ އެގޮތަށް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ނޮވެމްބަރު 11 އަކީ ތާރީޚުގައި ވެރިކަންތައް ބަދަލުވަމުން އައި ދުވަސްކަމަށާއި، އެކަމުގައި ޤާނޫނީ ހުރަހެއް ނެތްނަމަ އެ ދުވަހު ސަރުކާރު ބަދަލުވާނެކަމަށެވެ. ސަރުކާރު ބަދަލުވާނެ ދުވަހަކީ ނޮވެމްބަރު 11 ވަނަ ދުވަސްކަމަށް އޮތުން އެއީ އެމަނިކުފާނު އެންމެ ބޮޑަށް އެދިވަޑައިގަންނަވާ ދުވަސްކަމަށާއި، އެގޮތަށް ކުރެވޭތޯ މަސައްކަތް ކުރައްވާނެކަން ރައީސް ވަނީ ވިދާޅުވެފައެވެ.

"ނޮވެމްބަރު 11 އަކީ ތާރީޚުގައި ވެރިކަންތައް ބަދަލުވަމުން އައި ދުވަސް. އެގޮތަށް އެކަން ކުރުމަށް އަޅުގަނޑު މަސައްކަތްކުރާނެ ވާހަކަ އަޅުގަނޑުވާނީ ދަންނަވާފަ. އޭގެ މަސައްކަތް ޤާނޫނީ ގޮތުން ހުރަހެއް ނެތްކަމުގައި ވަންޏާ ނޮވެމްބަރު 11ގައި ބަދަލުވެގެންދާނެ، ޤާނޫނީ ހުރަހެއް އޮތްތޯ ނެތްތޯ ބަދަލުމުން މިދަނީ." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށާއި، ދިރިއުޅުއްވާނީވެސް ރާއްޖޭގައިކަމަށެވެ. ރައީސް ޞާލިޙް ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެން ކުރެއްވި ހުރިހާ މަސައްކަތްތަކެއްވެސް ކުރެއްވީ ޤާނޫނީ އިމުގެ ތެރެއިންކަމަށެވެ.

"މިހިރީ ތައްޔާރަށް އެއިން ކޮންމެ ކަމަކަށް ޖަވާބުދާރީވާން، އަޅުގަނޑާ ދޭތެރޭ މައްސަލައެއް ޖެއްސޭވަރު އެއްވެސް ކަމެއް ނޯންނާނެ، ވަރަށް ސާފުކޮށް މި ދެންނެވީ، އެ ހުރިހާ ކަމަކާއި ކުރިމަތިލެވޭނެ. އެއްވެސް ކަހަލަ ކަންބޮޑުވުމެއް އަޅުގަނޑުގެ ނެތް،" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމުގެ ތެރޭގައި ހިނގާދިޔަ ބައެއް ކަންކަމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން އެކިި ތުހުމަތުތައް ކުރެއްވިކަމަށެވެ. އެގޮތުން ކަނޑުގެ މައްސަލާއާއި، އިންޑިއާގެ ސިފައިންގެ މައްސަލައާއި، ބައެއް އެއްބަސްވުންތަކާއި މެދު ސުވާލުތައް އުފެއްދި ކަމަށާއި، ނަމަވެސް އެކަމުގައިވެސް ޤާނޫނީ އިމުގެ ބޭރުން ކުރެއްވި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ވެފައިވާ އެއްބެސްވުންތަކަކީ ކުރީގެ ސަރުކާރުތަކުން ފެށިގެން ވާރުތަވެފައިވާ އެއްބަސްވުންތަކެއް ކަމަށާއި، ޤާނޫނީގޮތުން ހާމަކުރަންޖެހޭ ހުރިހާ ކަމެއް ހާމަކޮށްފައިވާކަމަށެވެ. އަދި އެލިޔެކިޔުންތައް ސަރުކާރުގެ އިދާރާތަކުގައި ދެން އަންނަ ވެރިކަމަކަށް ފެންނަން ހުންނާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.