Advertisement

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ---

30 Sep 2023
ޚަބަރު

ރިޔާސީ އިންތިޚާބު ޑރ. މުއިއްޒު ކާމިޔާބުކުރައްވައިފި

2023 ގެ ރިޔާސީ އިންތިޚާބު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒު ކާމިޔާބުކުރައްވައިފިއެވެ.

ޑރ. މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ، 19000 ވޯޓުގެ ތަފާތަކާއި އެކު ވޯޓުލީ މީހުންގެ %54 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ޑރ، މުޢިއްޒަށް 127،377 ވޯޓު ލިބިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވީ، 108،376 ވޯޓެވެ. އެއީ ވޯޓުދިން މީހުންގެ %46 އިންސައްތައެވެ.

މިއިންތިޚާބުގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ، 282804 މީހުންގެ %86 މީހުން ވޯޓުލާފައި ވެއެވެ. އެއީ 243219 މީހުންނެވެ.

ރިޔާސީ އިންތިޚާބު، ޑރ މުޢިއްޒު ކާމިޔާބު ކުރެއްވުމާއި އެކު އެމަނިކުފާނަށް ރާއްޖޭގެ ސިޔާސީ އިސްބޭފުޅުންނާއި، އާއްމު ފަރާތްތަކުް ގެންދަނީ މަރުޙަބާ އާއި ތަހްނިޔާ ފޮނުއްވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.