Advertisement

29 Sep 2023
ޚަބަރު

މުއިއްޒު ހޮވިއްޖެނަމަ ޑްރަގް ގޭންގްތައް ވަކިހިއްޕާލާނެ: މާޒް ސަލީމް

ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުއިއްޒު ހޮވިވަޑައިގެންފި ނަމަ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ޑްރަގުގެ ގޭންގުތައް ހަރަކާތްތެރިވާނެ ކަމަށް، މިއަހަރުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓު، މާޒު ސަލީމް ވިދާޅުވެއްޖެ އެވެ. އޭނާ ވަނީ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހްއާއި ގުޅިވަޑައިގެންފައެވެ. އަދި ރޭ އެމްޑީޕީން ބޭއްވި ކެންޕެއިން ޖަލްސާގައި މާޒް ސަލީމް ބައިވެރިވެވަޑައިގެން ވަނީ ވާހަކަފުޅުވެސް ދައްކަވާފައެވެ. 

ސޯސަން ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި މާޒު ސަލީމް ވިދާޅުވީ އެމްޑީޕީގެ ޕޯޑިއަމަށް އޭނާ ވަޑައިގަތީ ވަޒީފާއެއް، މަގާމަކަށް އެދިގެން ނޫން ކަމަށާއި އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރަން އެންމެންނަށް މަޖުބޫރުވެފައިވާތީ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ތިބި ސިޔާސީ ހުރިހާ ވެރިން ޖަލަށްލި ކަމަށާއި ޖަލަށް ލާނެ މީހަކު ނެތިން އެއްބަނޑު ބޭބެ، ވެސް ދަންވަރުގައި ހައްޔަރުކޮށްގެން ޖަލަށް ގެންދިޔަ ކަމަށް ވިދާޅުވިއެވެ.

އުމަރު ނަސީރުގެ ރަނިން މޭޓެއްގެ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި މާޒް ސަލީމް ވާދަކުރެއްވިއިރު އެންމެ ބޮޑަށް އުމަރު ވަކާލާތު ކުރެއްވީ ރާއްޖެއިން ޑްރަގް ގެ ވަބާ ފުހެލުމަށެވެ. މާޒް ސަލީމް ވިދާޅުވީ، މުއިއްޒުއަށް ވެރިކަން ލިބިއްޖެނަމަ ޑްރަގްގެ ގޭންގްތައް ވަކިހިއްޕާލާނެކަމަށެވެ.

"ވެރިކަމުގެ ނިޒާމުގެ ތެރެޔަށް ޑްރަގުގެ ގޭންގުތަކެއް ހޯރަ އަޅަމުން އެބަ އާދޭ. ވެރިކަމުގެ ނިޒާމުގެ ތެރެއަށް ޑްރަގުގެ ގޭންގުތައް އައިސް ފައި ހިއްޕާލާތީ އަޅުގަނޑު މިތަނަށް މިއައީ، އެ ވާހަކަ ތިބޭފުޅުންނާ ހިއްސާކުރަން ވެގެން،" އޭނާ ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރު ދެކެ ބަޔަކު ބިރު ގަންނަނީ ޑްރަގު ބޯޓުތައް ހިފަހައްޓާތީ އާއި ކަނޑުގެ ސަރަހައްދު މޮނިޓާ ކުރާތީ ކަމަށް ސަލީމް ވިދާޅުވިއެވެ. މާޒް ސަލީމް ވިދާޅުވީ ރައީސް ސޯލިހަކީ އަނިޔާވެރިކަމާއި ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ލީޑަރު ކަމަށެވެ. އަނިޔާވެރިކަން އިޔާދަކުރަން ބޭނުން ނުވާނަމަ އިންތިހާބުގައި މިސްޓޭކެއް ނުހެދުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގޭންގުތަކުގެ ނުފޫޒު އޮތް މިންވަރު ހާމަކޮށް ދިނުމުގެ ގޮތުން ސަލީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ވެސް ގޭންގުތަކުން ބޭނުންވާ މީހަކު ލާން މަސައްކަތް ކުރި ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.