Advertisement

02 Oct 2023
ޚަބަރު

އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހެޔޮ ވެރިކަމެއް ކޮށްދެވުން: ރައީސް

ފާއިތުވި ފަސް އަހަރު ހެޔޮވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށާއި އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމުމަކަށް އައިސްފައި ވާއިރު، ފާއިތުވި ފަސް އަހަރު ހެޔޮވެރިކަމެއް ކުރެވިއްޖެ ކަމުގެ އިސްސާސް ކުރެވޭ ކަމަށެވެ.

"އަޅުގަނޑުގެ ވެރިކަމުގައި މި ކުރެވުނު ހެޔޮ މަސައްކަތްތަކާއި މަޝްރުއޫތައް އެއީ މިދެންނެވި ނަތީޖާ. ފަސް އަހަރުގެ ކާމިޔާބީގެ ލިސްޓު އަދި އަވަސްކަންނޭގެ ތަރުތީބުކުރަން. އެކަން ޖަޖްކުރާނީ ރައްޔިތުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައި ދިމާވި އާލަމީ ވަބާ ކޮވިޑް-19ގެ ހާލަތާ ކުރިމަތިލުމަށް ފަހު ވެސް އެތައް ކުރިއެރުންތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން އެންމެ އިސް ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ގައުމުގެ އަމަން އަމާންކަން ގާއިމްކުރުމެވެ.

އޭގެ އިތުރުން ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިއެވުމުގެ ފުރުސަތު ދިނުމާއި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންޖެހިފައި ތިބި އަސާސީ ހައްގުތައް ހޯދައިދިނުމާއި، ކޮވިޑް-19 އިން އަރައިގަތުމަށް ކުރެވުނު މަސައްކަތްތައް އެއީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ބޮޑު ކާމިޔާބީތައްކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމާޒަކަށްވީ ކުޑަރަށެއް ބޮޑުރަށެއް ތަފާތު ނުކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުން. އަޅުގަނޑުގެ ހަމައެކަނި އަމާޒަކަށް ވީ ހަމައެކަނި އިންތިހާބެއް ކާމިޔާބުކުރުމެއް ނޫން" ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގައި ހިންގި ހާރިޖީ ސިޔާސަތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ރަނގަޅަށް ހިންގި އެއް ސިޔާސަތު ކަމަށެވެ. އެގޮތުން ބޭރުގެ އެއްވެސް ގައުމަކުން ރާއްޖޭގެ އެތެރޭގެ ކަމަކާ ގުޅޭ ގޮތުން މި ސަރުކާރުގައި ބަޔާނެއްހާ ހިސާބުވެސް ނުނެރޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އަދިވެސް ކުރިއަށް ވަޑައިގަންނަވާނީ އެމްޑީޕީއާ އެކު ކަމަށާއި އެ ޕާޓީ ބަލިކަށިވެގެންދާތަން ބައްލަވަން ނުހުންނަވާނެ ކަމަށެވެ. ރައީސްގެ ސިޔާސީގެ ހަޔާތް ކުރިއަށް ގެންދިޔުމަށް ވަކި މީހަކު އެމަނިކުފާނާ އެކު ހުންނަން ނުޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.