Advertisement

29 Sep 2023
ޚަބަރު

މުއިއްޒު ވެރިކަމަށް އައިސްފިނަމަ ކޮރަޕްޝަން އިންތިހާއަށް ދާނެ: ފަލާހު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަކީ ކޮރަޕްޝަން ހިންގަވާފައި ހުރި ބޭފުޅެއް ކަމަށާއި ވެރިކަމަށް އައިސްފި ނަމަ ކޮރަޕްޝަންގެ އަމަލުތައް އިތުރަށް ހިންގަވާނެކަމަށް މާފަންނު ހުޅަނޑު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ފަލާހު ވިދާޅުވީ ކުރީ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ޑރ. މުއިއްޒު ކޮރަޕްޝަނުގެ އެތައް އަމަލެއް ހިންގެވި ކަމަށާއި ސިނަމާލެ ބްރިޖް އެޅި ކުންފުނިން ފައިސާ ނަގައި އެ މަޝްރޫއިންވެސް ކޮރަޕްޝަން ހިންގެވި ކަމަށެވެ.

އެގޮތުން ބްރިޖް އެޅި ކުންފުނިން މުއިއްޒުގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާއިރު، ބްރިޖުގެ ލޭނުތައްވެސް މަދުކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒުގެ ގެ މ. ދިމްޔާތަށް އިޝާރާތް ކުރައްވަމުން ފަލާހު ވިދާޅުވީ ބްރިޖުން މަދުވާ އެއްލޭނަކީ އެއީ ކަމަށެވެ. އަދި ހެންވޭރު ރާޅުގަނޑުގައި ހުންނަ ކުރީގެ ރައީސް ޔާމީނުގެ ގެކޮޅަށް އިޝާރާތްކުރައްވަމުން ވިދާޅުވީ މަދުވާ އަނެއް ލޭނަކީ އެއީ ކަމަށެވެ. އެ ދެ ގެވެސް އިމާރާތްކުރީ ބްރިޖް މަޝްރޫއުގެތެރެއިން ކޮރަޕްޝަނުން ހޯދި ފައިސާއިން ކަމަށް ފަލާހު ވަނީ ތުހުމަތުކުރައްވާފައެވެ.

"ކޮރަޕްޝަން އަމަލު ހިންގަވާފަ ހުރި ބޭފުޅެއް މުއިއްޒު އަކީ. އެކައުންޓަށް ފައިސާ ޖަމާކުރައްވާފަ ހުރީ. ގަވާއިދާ ހިލާފަށް ދޮން މަންމަ ޑީޕޯޓުކޮށްފަ ހުރީ. އެގޭގަ ގެންގުޅުނު ހައުސް މެއިޑެއްގެ ވާހަކަވެސް އަޑުއިވިފަ އޮތީ،" ފަލާހު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުގެ މޭޔަރަކަށް ހުންނަވައިގެންވެސް އެކި ކޮރަޕްޝަން ހިންގަވާކަމަށާއި މާލޭގެ މަގުތަކުން ކުއްޔަށް ދޫކޮށްފައި ހުންނަ ޕާކިން ސްލޮޓްތަކަކީ އޭގެ އެއް މިސާލުކަމަށް ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ ދިމްޔާތު ހަދަން ފުރަތަމަ ޕޭމަންޓުގެ ގޮތުގައި ނަގުދު ފައިސާއިން މުއިއްޒު ދެއްކި 11 މިލިއަން ރުފިޔާ އަކީ 2002 އިން ފެށިގެން ގޭގައި އޭނާ އެއްކުރަމުން ދިޔަ ފައިސާކަމަށް ބުނި ނަމަވެސް މިހާރު މި ބޭނުންކުރާ "ރަންދިހަ ފަހެއް" ގެ ނޫޓު އެމްއެމްއޭއިން 2015 ވަނަ އަހަރު، ތައާރަފުކޮށް ކުރީގެ ފައިސާ ބަދަލުކުރަން ހުޅުވާލި އިރު މުއިއްޒު އެއްކުރި ކަމަށްބުނާ ފައިސާ ބަދަލު ނުކުރާ ކަމަށެވެ. 

ފަލާހު ވިދާޅުވީ މުއިއްޒު ވެރިކަމަށް އައިސްފި ނަމަ ރާއްޖެއަށް އޮތީ ނާމާންކަން ކަމަށާއި ޕީޕީއެމް ޕީއެންސީގެ ކެމްޕެއިން ރެލީ ތަކާއި ސައިކަލު ބުރުތަކުން އެކަން މިހާރުވެސް ފެންނަ ކަމަށެވެ. 

އޭގެ އިތުރުން މުއިއްޒު ހޮވިއްޖެ ނަމަ ސަރުކާރުގެ ސްޓޫޑެންޓް ލޯނު ސްކީމްވެސް ހުއްޓުވާނެ ކަމަށާއި އެކަންކަމަކީ މުއިއްޒުގެ މެނިފެސްޓޯގައި އެގޮތަށް ކުރިއަށްގެންދަން ރާވާފައިވާ ކަންކަން ނޫންކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.