Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

12 Oct 2023
ޚަބަރު

ޖޫރިމަނާ މައާފް ޕްރޮގްރާމްގައި 850 މީހުން ބައިވެރިވެއްޖެ

ޓްރެފިކްގެ އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ މާފުކޮށްދޭން ބާއްވާ ތަމްރީނު ޕްރޮގްރާމްގައި މިހާތަނަށް 850 މީހުން ބައިވެރިވެފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ހިންގާ މި ޕްރޮގްރާމްގެ ކުލާސްތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އާންމުންގެ ފަރާތުން އެ ޕްރޮގްރާމަށް ލިބޭ ތަރުހީބު ރަނގަޅު ކަމަށާއި މިހާތަނަށް 850 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ. މިއީ 20 ގަޑިއިރުގެ ޓްރެއިނިންއެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިނާ ދިމާކޮށް، މިދިޔަ ފަސް އަހަރުގެ ހުރިހާ ޕާކިން ސްޓިކާތަކުގެ ޖޫރިމަނާތައް މާފުކޮށްދެއްވައިފައެވެ. މާފުކޮށްދިނީ ނޮވެމްބަރު 17، 2018 އިން ފެށިގެން މި މަހުގެ 5 އާ ހަމައަށް ކޮށްފައިވާ ޕާކިން ޖޫރިމަނާތަކެވެ. ނަމަވެސް، ޓްރެފިކްގެ އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް މާފުކޮށްދޭން ނިންމީ އެކަމަށް ހާއްސަކޮށްފައިވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާ މީހުންނަށެވެ.

އެހެންވެ، ގަވައިދާ ހިލާފަށް ޕާކުކޮށްގަން ޖަހާފައިވާ ސްޓިކާތަކުގެ ޖޫރިމަނާ މާފު ވިޔަސް ގަވައިދާ ހިލާފަށް ވެހިކަލް ދުއްވުން ފަދަ ކަންކަމާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތައް މާފުވާނީ އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމުންނެވެ.

ޖޫރިމަނާ މަޢާފް ތަމްރީން ޕްރޮގްރަމްގައި ބައިވެރިވުމަށް މި މަހުގެ 25 ގެ ނިޔަލަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. ޕްރޮގްރާމްގައި ބައިވެރިވެވޭނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލްމ (https://sims.transport.gov.mv) މެދުވެރިކޮށް ހުށައަޅާ ފަރާތްތަކަށެވެ.

މި ތަމްރީން ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފަވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން، 2 ހަފްތާއާއި 1 މަސްދުވަހަށްވުރެ ދިގު ނުވާނެ ގޮތަކަށެވެ. މިކަން ކުރުމުގެ ބޭނުމަކީ ޓްރެފިކް ޤަވާއިދާ ޚިލާފުވާ ފަރާތްތަކުން، މިފަދަ މައްސަލަތައް ތަކުރާރުވާ މިންވަރު މަދުކުރުމެވެ. އަދި މީގެ ސަބަބުން ޓްރެފިކް ޤަވާއިދުތަކަށާއި، އިޖްތިމާޢީ އެހެން މައްސަލަތަކާ ގުޅޭގޮތުން މީހުން އަހުލުވެރިވާ މިންވަރު އިތުރުކުރެވިގެންދާނެ ކަމަށްވެސް ސަރުކާރުން ފާހަގަކުރައްވައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.