Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

10 Oct 2023
ޚަބަރު

ޓީއެފްޖީގެ މިއަހަރުގެ ދުވުން ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް އެހީވުމަށް

ކެންސަރާބެހޭ ބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ޓީއެފްޖީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ހުސައިން ޒިނާންއެވެ. އަދި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އޯގަނައިޒީން ސެކެޓްރީ ރަޒާން މުހައްމަދެއެވެ.

މި އެއްބަސްވުމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް އުފައްދައި ރަނގަޅު ސިއްހަތެއްގައި ދެމިތިބުމުގެ ޝައުގުވެރިކަން ދިވެހިންގެ މެދުގައި އުފެއްދުމަށް މިއަހަރު ބާއްވާ "މޯލްޑިވްސް ލޯންގް ރަން" އިން ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތަށް ފަންޑު ރައިޒް ކޮށްދިނުމަށް ގޮތުން ވެފައިވާ އެއްބަސްވުމެކެވެ.

ޓޯޓަލް ފިޓްނެސް ގްރޫޕްއިން ބުނީ މިއަހަރުގެ މޯލްޑިވްސް ލޯންގް ރަންގެ އެންމެ މުހިންމު އެއްކަމަކީ ސީއެސްއެމްއަށް ފަންޑުރައިޒް ކޮށްދިނުންކަމަށެވެ. އެގޮތުން ކޮންމެ ރަޖިސްޓްރޭޝަނަކުން ލިބޭ ފައިސާގެ އިންސައްތައެއް ކެންސަރާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެ ޖަމިއްޔާއިން ކުރާ މުހިންމު މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ޙަވާލުކުރެވޭނެކަމަށްވެސް ޓޯޓަލް ފިޓްނެސް ގްރޫޕްއިން ވަނީ ފާހަގަކުރެއެވެ. 

ޓޯޓަލް ފިޓްނެސް ގްރޫޕްއިން ބުނީ އެ ގްރޫޕްގެ އެދުމަކީ ކެންސަރާއި ދެކޮޅަށް ކުރާ މަސައްކަތްތުގައި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުގެ ބައިވެރިވެ މި ފުރުސަތުގެ ބޭނުން ހިފައި "މޯލްޑިވްސް ލޯންގް ރަން 2023" ގައި ހުރިހާ ފަރާތްތަކުންވެސް ބައިވެރިވުންކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.