Advertisement

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް --

17 Oct 2023
ޚަބަރު

އައު ސަރުކާރުވާނީ އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް: އިންތިޚާބީ ރައީސް

އައު ސަރުކާރުވާނީ އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް ކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާޞަބަތާއި ގުޅުވައިގެން ނެރުއްވި ބަޔާނުގައެވެ.

އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވީ، 17 ނޮވެމްބަރު 2023ގައި ޤާއިމްވާ، ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރު ވާނީ، އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް ކަމަށެވެ. އަދި މިޤައުމުގެ އިސްތިޤުލާލާއި، ފަޚުރުވެރިކަން ނަގަހައްޓައިދޭ، ދިވެހިންގެ ރީތި އުޅުމާއި ގުޅުމާއި ގޮތްފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަޤުވާމީ މަސްރަހްގައި އުފުލައިދޭނެ ސަރުކާރަށްވެސް އެސަރުކާރު ވާނެ ކަމުގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚިޠާބުގައި ވިދާޅުވީ، އިސްލާމްދީން މަތީގައި ދިވެހިން ފައިތިލަ ސާބިތު ކުރިތާ 9 ޤަރުނު ފުރިހަމަވާން ބާކީ އޮތީ ތިން އަހަރުކަމަށްވާއިރު، ދިވެހިރާއްޖެއަށް އެންމެ ހެޔޮ ބަދަލުތައް ގެނުވި ތާރީޚީ ހާދިސާއަކީ ރާއްޖެ އިސްލާމްވުން ކަމަށެވެ. ދިވެހީންގެ މިނިވަންކަމާއި، ރިވެތި އާދަކާދަތާކާއި، މުއްސަނދި ޘަޤާފަތާއި އެއްބައިވަންތަ ކަމުގެ ޙަޤިޤީ ނާރެހަކީވެސް މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ބަޔާނުގައި ވިދާޅުވީ، ވޭތުވެދިޔަ ދިގު މާޒީގައި، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި، އަޅުގަނޑުމެން ދެމި ތިބިކަމީ މުޅިދުނިޔެއަށް ނަމޫނާއެއް ކަމަށެވެ.  އަދި މިއަދު ދުނިޔޭގައި ފިކުރީ ގޮތުންނާއި އިޤުތިޞާދީ ގޮތުންނާއި، އަދި އިސްތިރާތީޖީ ގޮތުންވެސް ތަފާތު ގޮންޖެހުންތައް ދިވެހިރާއްޖެއަށް އޮތްކަން  އެމަނިކުފާނުގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއިން ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލައި، ދިވެހި ޤައުމު އިސްކޮށް، ދިވެހިންގެ މަސްލަޙަތު ކުރިިޔަށް ނެރުމަކީ ދިވެހީން އެދޭ ގޮތްކަމުގައިވެސް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްެވެސް ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.