Advertisement

ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ޔޫ.އެސް. ގައި ކުރިޔަށްދާ މުޒާހަރާ، ފޮޓޯ: ރޮއިޓާސް

19 Oct 2023
ޚަބަރު

ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 12

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 12 ވަނަ ދުވަސް،18 އޮކްޓޯބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ހުކުރުދުވަހު މިސްރު މެދުވެރިކޮށް ގާތްގަނޑަކަށް 20 ވަރަކަށް އެހީ ޓްރަކް ޣައްޒާއަށް ވަނުމުގެ ހުއްދަ ދޭނެ ކަމަށް އެމެރިކާއިން އިއުލާންކޮށްފައިވާއިރު، އިސްރާއީލުން ބުނީ އެ އެހީ ޓްރަކްތައް އެމީހުން ނުހުއްޓުވާނެކަމަށް. މިކަން އިއުލާން ކޮށްފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްރާއީލަށް ކުރެއްވި ދަތުރުފުޅަށް ފަހު. ނަމަވެސް މީގެ ކުރިން ވެފައިވާ މިފަދަ އެއްބަސްވުންތަކަށް އިސްރާއިލުން އިހްތިރާމްނުކޮށް، ދެ މިލިއަނަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ އުނދަގޫ ހާލަތެއް ތަހައްމަލްކުރަން ޖެހިފައި.

🔴 ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އިން ބުނާ ގޮތުގައި ކަރަންޓާއި ތެލާއި ނެތި، ޣައްޒާއަށް ފޮނުވުމަށް ވައުދުވެފައިވާ އެހީއިން ޣައްޒާގެ އާބާދީގެ ބޭނުންތައް ފުއްދައިދިނުމަށް އުނދަގޫވާނެކަމަށް.

🔴 އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްރާއީލަށް ކުރެއްވި ދަތުރުފުޅަށް ފަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، އެމެރިކާގެ ތާއީދާއެކު ފަލަސްތީނާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމަ ހުއްޓުމެއްނެތި ކުރިޔަށްގެންދާނެކަމަށް.

🔴 އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ބޮމުގެ ހަމަލާތައް ކުރިއަށްދާއިރު، ޚާން ޔޫނިސްގެ ސްކޫލެއް ކައިރީގައި ހުރި ސަރަހައްދަކަށް ހަމަލާ ދީފައިވޭ. މި ސްކޫލަކީ ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ހިމާޔަތް ހޯދައިގެން ތިބި ތަނެއް. އަދި ޣައްޒާ ސިޓީގެ އަލް ޤުދުސް ހޮސްޕިޓަލް ކައިރިއަށް ހަމަލާތަކެއް ދީފައިވާކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން  ހާމަކޮށްފައިވޭ.

🔴 އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 3،478 މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވޭ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި މަދުވެގެން 1،300 މީހުން ގެއްލިފައިވާކަމަށާއި، އޭގެ ތެރޭގައި 600 ކުޑަކުދިން ހިމެނޭކަމަށް ވެސް ހާމަކޮށްފައިވޭ.

🔴 ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގޮވާލުންތައް އިތުރުވަމުންދާއިރު، އިންސާނީ އެހީ ދިނުމަށް ހަނގުރާމަ މަޑުޖައްސާލުމަށް ގޮވާލި އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރު އެމެރިކާއިން ވަނީ ވީޓޯކޮށްފަ.

🔴 އިސްރާއީލާއި ލުބުނާނުގެ ހަނގުރާމަވެރިން ބޯޑަރު ހުރަސްކޮށް އިތުރު ހަމަލާތައް ބަދަލުކުރަމުންދާއިރު، އިސްރާއީލުން ސީރިއާއަށް ހަމަލާދީފައިވާ ކަމަށް ވެސް އޮބްޒާވަރަކު ރިޕޯޓްކޮށްފައިވޭ.

🔴 އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް އަންނަ ބުރާސްފަތި ދުވަހު އިސްރާއީލަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އިއުލާންކޮށްފި

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.