Advertisement

މާލެ ސަރަހައްދު --

19 Oct 2023
ޚަބަރު

މާލެ ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދަނިކޮށްފެނިއްޖެ

މާލެ ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދަނިކޮށްފެނިއްޖެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، މަރުވެފައި އޮތް އެމީހާގެ ހަށިގަނޑު ފެނިފައިވަނީ، މާލެއާ ދާދިގާތުގައި އޮންނަ ފުނަދޫއާ ދޫނިދޫއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން އޮޔާދަނިކޮށް ކަމަށެވެ. މިހާރު އެމީހާގެ ހަށިގަނޑު ވަނީ ކަނޑުމަތިން ނަގައިގެން މާލެއަށް ގެނެސްފައެވެ.

މަރުވެފައި އޮތް އެމީހާގެ ހަށިގަނޑު ދެފެންދޭ ތެރޭގައި އޮޔާދަނިކޮށް މަންޒަރުފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފާހަގަކުރެވޭ ގޮތުގައި އެމީހާއަކީ، މެދު އުމުރުން މަތީގެ ބިދޭސީ ފިރިހެނެކެވެ. އަދި އެމީހާގެ ހަށިގަނޑުކަނޑުގައި އޮތް އިރު ގައިގައި އެއްވެސް ފޭރާމެއް ނެތްކަމާއި، އެމީހާގެ ހަށިގަނޑުގައި ޒަޚަމްތަކެއް ހުރިކަމަށް ފުރަތަމަ އެމީހާގެ ހަށިގަނޑު ފެނުނު މީހުން ވަނީ ފާހަގަކޮށްފައެވެ.

މަރުވެފައި އޮއްވައި ފެނުނު މީހާއަކީ ދިވެއްސެއްކަމެއް އަދި ބިދޭސީއެއްކަމެއް މިހާތަނަށް ސާފެއް ނުވެއެވެ. 

ފުލުހުންގެ އިދާރާއިން ބުނެފައި ވަނީ، މަރުވެފައި އޮއްވައި ފެނުނު މީހާ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އަދި އެމައްސަލަ ތަޙްޤީޤުކުރަން ފަށާފައިވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.