Advertisement

25 Oct 2023
ޚަބަރު

ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ ހާޒިރީ އެލަވަންސް ލިބޭގޮތް ހަދައިފި

ސިވިލް ސާރވިސް މުވައްޒަފުން ރަސްމީ ބަންދު ދުވަހު މަސައްކަތްކުރާނަމަ، ޙާޒިރީ އެލަވެންސް ލިބޭގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކް އިޞްލާޙުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ޢާންމުކުރި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކު އިޞްލާހުގައިވަނީ ޙާޒިރީ ޢިނާޔަތަކީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށާއި ރަސްމީ ބަންދު ދުވަސްތަކުގައި ޑިއުޓީ އުސޫލުން އޮފީހަށް ހާޒިރުވެ، މަސައްކަތްކުރާކޮންމެ ދުވަހަކަށް ދޭ ޢިނާޔަތެއްކަމަށެވެ. 
މި އުސޫލުގައިވާ ގޮތުން އޮފީހަށް ހާޒިރުވުން ކަމުގައި މާނަކުރާނީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު ފިޒިކަލީ އޮފީހަށް ހާޒިރުވުމާއި، މަސައްކަތު ދުވަސްތަކުގެ ތެރެއިން އޮންލައިންކޮށް މަސައްކަތް ކުރަންޖެހޭ ހާލަތްތަކުގައި އެ އިދާރާއެއްގައި ހަމަޖެހިފައިވާ އުސޫލުން ސައިން-އިން ވެގެން ހާޒިރުވުމާއި، މަސައްކަތު ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތަކަށްކަމަށް ޕޭ ފްރޭމްވޯކަށް ގެނައި އިޞްލާހުގައިވެއެވެ.

ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ރަސްމީ ބަންދު ދުވަސްތަކާއި، ހުކުރު ދުވަސްތަކުގައި މުވައްޒަފު އިދާރާއަށް ހާޒިރުވެ ޑިއުޓީ އުސޫލުން އިދާރާގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ކަނޑައަޅައިފައިވާ ޖުމުލަ ވަގުތުގެ މަދުވެގެން ދެބައިކުޅައެއްބައި ވަގުތު މަސައްކަތްކުރާ ހާލަތްތަކުގައ،ި ޙާޒިރީ ޢިނާޔަތް ލިބޭނެކަމަށް އިޞްލާހުގައިވެއެވެ. އަދި އޮފީހުގެ ފަރާތުން ރަށްރަށަށާއި ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތަކަށް ވެސް ހާޒިރީ އެލަވަންސް ލިބޭނެކަމަށްވެސް އިޞްލާހުގައިވެއެވެ.

ޙާޒިރީ އެލަވެންސް ދިނުމުގައި އިސްތިސްނާވާނެ ޙާލަތްވެސް މި އިޞްލާހުގައި ބަޔާންކުރެއެވެ. އެގޮތުން އެއްވެސް މުވައްޒަފަކު ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރާ ތާރީޚުން ފެށިގެން ގިނަވެގެން 21 މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެންދާއިރު ޢިނާޔަތް ދޭންޖެހޭނަމަ އެ މުވައްޒަފަކަށް ލިބޭނެ ޢިނާޔަތް އިޚުތިޔާރުކުރުމުގެ ފުރުޞަތު އޮންނާނެކަމަށް އިޞްލާހުގައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.