Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

24 Oct 2023
ޚަބަރު

އުމްރާއަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް އެދި ހުށަހެޅުމުގެ މުއްދަތު މިމަހުގެ ނިއަލަށް އިތުރުކޮށްފިއެވެ.

ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އޭރުއިސްލާމިކް މިނިސްޓްރީން ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ދެއްވާފައިވަނީ މިއަދުގެ ނިއަލަށެވެ. ނަމަވެސް މިހާރު ވަނީ މިމަހުގެ 31ގެ ނިއަލަށް މުއްދަތު އިތުރުކޮށްފައެވެ.

މުއްދަތު އިތުރުކުރީ ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިމަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9 އަކުން މެންދުރުފަހު 1 އަކަށް، ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ.

ޢުމްރާއަށް މީހުން ގެންދިއުމަށް އެދި ހުށަހެޅޭނީ އިސްލާމިކް މިނިސްޓްރީން ކަންޑައަޅާފައިވާ ޢުމްރާއަށް މީހުން ގެންދިއުމާއި ބެހޭ އުޞޫލާއި އެއްގޮތަށް ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށް އެކަންޏެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޢުމްރާއަށް މީހުންގެންދިއުމަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް، އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

ޢުމްރާއަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ 41 ކުންފުންޏަކަށް ހުއްދަ ދީފައެވެ. މި ކުންފުނިތަކުގެ ތެރެއިން މިއަހަރުގެ ނޮވެންބަރާއި ހަމައަށް 12 ކުންފުންޏެއްގެ ހުއްދައިގެ މުއްދަތު ހަމަވާނެ ކަމަށް އެމިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.