Advertisement

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރަކަށް، ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމް --

23 Oct 2023
ޚަބަރު

މުހިއްމު އެއްވެސް ލިޔެކިޔުމެއް ނައްތާލާފައެއް ނުވާނެ: އެފްއެސްއެމް

ފިއުލް ސަޕްލައި މޯލްޑިވްސްއިން އެކުން ފުނީގެ މުހިއްމު އެއްވެސް ލިޔެކިޔުމެއް ނައްތާލާފައި ނުވާނެ ކަމުގައި އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން މިހެން ބުނެފައިވަނީ، އެކުންފުނީގެ ލިޔެކިޔުންތަކެއް ނައްތާލަމުންދާކަމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އެކުންފުންޏާއި މެދު ފަތުރަމުންދާ ވާހަކަތަކުގެ ޙަޤީޤަތް ހާމަކޮށްދީ ނެރުނު ނޫސް ބަޔާނެއްގައެވެ.

އެފްއެސްއެމްއިން ނެރުނު ނޫސްބަޔާނުގައި ބުނީ، އެކުންފުނިން ނައްތާލާފައި ވަނީ، ކުންފުންޏަށް ކޮންމެހެން ބޭނުން ނުވާ ގިނަ ދުވަސްވެފައި ހުރި ލިޔެކިޔުންތައް ކަމަށެވެ. އަދި އެފަދަ ލިޔެކިޔުންތައް ނައްތާލުމަކީ ކުންފުނިން ކުރަމުން އަންނަ ކަމެއް ކަމުގައި އެފްއެސްއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ފިއުލް ސަޕްލައި މޯލްޑިވްސްއިން ބުނީ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އާއި ގުޅިގެން އިދާރީގޮތުން ބަލަންޖެހޭ ކަންކަން އެކުންފުނިން ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެފްއެސްއެމްއާ ގުޅޭ ގޮތުން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ އެކަމަށް ކުންފުނިން މަރުހަބާ ކިޔާނެ ކަމުގައި ވެސް އެފްއެސްއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.