Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

24 Oct 2023
ޚަބަރު

މަގޫދޫ އެއަރޕޯޓް އަޅާ ސަރަހައްދު އެރަށުގެ އިހްތިސާސުން ވަކިކޮށްފި

ފ. މަގޫދޫގައި އެއަރޕޯޓް އަޅަމުންދާ ސަރައްހަދު އެރަށުގެ ކައުންސިލްގެ އިހްތިސާސް ނުވަތަ ބާރުން ވަކިކޮށް އެ ސަރަހައްދަކީ ވަކި އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިއެވެ. އެއަރޕޯޓް މަގޫދޫގެ އިހްތިސާސްއިން ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމުގެ މަސްއޫލިއްޔަތުގެ ދަށުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ވާގޮތުގެ މަތިން ފ. މަގޫދޫގެ އިދާރީ އިހުތިސާސްއަށް ބަދަލު ގެނައުމަށްފަހު މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ގަރާރު ގެޒެޓުކޮށްފައެވެ.

މަގޫދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ނިންމައި މަސައްކަތް ފެށީ މި ސަރުކާރުގައެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ވެސް އެއާޕޯޓުތައް ހިންގަމުން އަންނަނީ ކުންފުނިތަކާ ހަވާލުކޮށްގެން، އެއާޕޯޓު އޮންނަ ރަށުގެ އިހުތިސާސްއިން ވަކިކޮށްގެންނެވެ.

މަގޫދޫ އެއަރޕޯޓު ހަދަން ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިހާރުވަނީ މަގޫދޫގައި ފަށާފައެވެ. މިމަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރައްވާފައިވަނީ 206 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މަގޫދޫގައި ޖުމްލަ 48 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެއަރޕޯޓް ޤާއިމުކުރުމަށްޓަކާ ހިއްކާ 30.8 ހެކްޓަރުގެ ބިމާއި ސިނާޢީ މަސައްކަތްތަކަށާއި އިޖުތިމާޢީ ބޭނުންތަކަށް ހިއްކާ 17 ހެކްޓަރުގެ ބިމެވެ.

މަގޫދޫގެ ޖުމުލަ އާބާދީ އަކީ 934 އެވެ. އެއީ 451 އަންހެނުންނާއި 483 ފިރިހެނުންނެވެ. ރަށުގައި ދިރިއުޅޭ އާބާދީ އަކީ 736 އެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.