Advertisement

ގެވެށި ގުޅުން ކެމްޕެއިންގެ ތެރެއިން -- ފޮޓޯ: ޖެންޑާ

23 Oct 2023
ޚަބަރު

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ހުށައެޅުނު މިންވަރު އިތުރުވެއްޖެ

އޮގަސްޓްމަހަށް ވުރެ ސެޕްޓެމްބަރު މަހު ހުށައެޅުނު ކުޑަކުދިންނަށް ކުރާ ޖިންސީއަނިޔާގެ މައްސަލަތައް އިތުރުވެފައިވާ ކަމުގައި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖެންޑާ މިނިސްޓްރީން އާއްމުކޮށްފައިވާ، ތަފާސް ހިސާބުގައި ވާގޮތުން ސެޕްޓެމްބަރު މަހު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ހުށައަޅާފައެވެ. އޭގެ ތެރެއިން، 23 މައްސަލަ އަކީ ޖިންސީ އަނިޔާގެ މައްސަލައެވެ. އޮގަސްޓްމަހު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 96 މައްސަލަ ހުށައަޅާފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާގެ، 18 މައްސަލައެވެ. 

މީގެ އިތުރުން އޮގަސްޓް މަހަށް ވުރެ ސެޕްޓެމްބަރު މަހު ހުށައެޅުނު ކުޑަކުދިންނާއި މެދު އިހުމާލުވުމުގެ މައްސަލަތައް ވަނީ މަދުވެފައެވެ. އޮގަސްޓް މަހު އެންމެ ގިނައިން ހުށައަޅާފައި ވަނީ ކުޑަކުދިންނާއި މެދު އިހުމާލުވުމުގެ މައްސަލައެވެ. އޮގަސްޓްމަހު އެފަދަ 25 މައްސަލައެއް ހުށައެޅުނު އިރު ސެޕްޓެމްބަރު މަހު ހުށައެޅިފައި ވަނީ، އެފަދަ 20 މައްސަލައެވެ.

ކުޑަކުދިންނާއި ގުޅޭ ގޮތުން ޖެންޑަރ މިނިސްޓްރީއަށް ހުށައެޅިފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 16 މައްސަލަ އާއި ޖިސްމާނީ އަނިޔާގެ 15 މައްސަލަ އަދި ނަފްސާނީ އަނިޔާގެ 3 މައްސަލަ ހިމެނެއެވެ. އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 6 މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލައެއްވެސް ހިމެނޭ ކަމުގައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއްމުކޮށްފައިވާ ތަފާސް ހިސާބުގައި ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އެމިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސެޕްޓެމްބަރ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 164 އެވެ.

ސެޕްޓެމްބަރ މަހުގައި ދައުލަތުގެ ބެލުމުގެ ދަށަށް އަލަށް އިތުރު 1 ކުއްޖަކު ނަގާފައިވާއިރު، 4 ކުއްޖަކު އާއިލާގެ މީހުންނާއި ބެލެހެއްޓުން ހަވާލުކުރެވި، 1 ކުއްޖެއްގެ ޤާނޫނީ ބަލަދުވެރިކަން ބަދަލުކޮށް އާއިލާއަކާއި ވަނީ ހަވާލުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.