Advertisement

ހުޅުމާލޭގައި އަޅަމުންދާ ޓަވަރުތައް ---

24 Oct 2023
ޚަބަރު

ގޯއްޗާއި ފްލެޓަށް އެދި ސާޅީސް ހާހަށްވުރެ ގިނަ މީހުން ފޯމު ހުށައަޅައިފި

ގެދޮރުވެރިޔާއާ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި 40000 ވުރެ ގިނަ މީހުން ފޯމު ހުށައަޅައިފިއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ފްލެޓަށް 21،247 މީހުން އަދި، އަދި ގޯއްޗަށް 19،347 މީހުން ވަނީ ފޯމު ހުށައަޅާފައެވެ. 

ގޯއްޗާއި ފުލެޓް ދިނުމަށް ކަނޑައެޅި ޝަރުޠުތަކުގެ ތެރޭގައި ހިމަނާފައި ވަނީ، ގޯއްޗަށް އެދޭ ފަރާތަކީ މާލޭގެ ރައްވެއްސެއް ކަމުގައިވުމާއި، މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައި ވުމާއި، ފްލެޓަށް އެދޭ ފަރާތަކީ، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތަކަށްވުމެވެ.

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކަށް މިހާރު ވަނީ ބިން ކަނޑައި ގޯތިވެސް ހަވާލުކޮށްފައެވެ. އަދި ފްލެޓް ލިބޭ ފަރާތްތަކަށް ފްލެޓް ހަވާލުކޮށްފައި ނުވި ނަމަވެސް، އިންޑިއާގެ ދެކުންފުންޏަކާއި ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ، 4000 ފްލެޓްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ. މިގޮތުން ފުރަތަމަ އަޅާ 32 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުތަކުގައި މިހާރު ކުރަމުން ދަނީ ފިނިޝިންގ މަސަކަތްތަކެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމަށް އިތުރު 4000 ފްލެޓް އެޅުމުގެ މަސައްކަތްވެސް މިއަހަރުގެ އޮގަސްޓްމަހު ވަނީ އިންޑިއާގެ އެހެން ކުންފުންޏަކާއި ހަވާލުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.