Advertisement

ފޮޓޯ: މަޖިލިސް

23 Oct 2023
ޚަބަރު

ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ކުންފުނިތައް ބަދަލުވާކަށް ނުޖެހޭ: އަސްލަމް

ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ދައުލަތުގެ ހުރިހާ ކުންފުންޏެއްގެ މުވައްޒަފުން ބަދަލުވާން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދާ އެއް ބަހުސަކީ ސަަރުކާރުތަކުން އިންތިހާބުތަކަށް ނުފޫޒުފޯރުވުން ހުއްޓައިލަން ގޮވާލައި ހުށަަހެޅުއްވި ގަރާރެއްގެ ބަހުސެވެ. މިއީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށައެޅުއްވި ގަރާރެކެވެ.

ފެނަކަ ކޯޕަރޭޝަނުން އާންމު ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަން ގޮވައިލާ ގަރާރެއް ވެސް މަޖިލީހަށް މިވަގުތު ވަނީ ހުށައަޅާފައެވެ.

އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓާލަން ގޮވާލާ ގަރާރުގެ ބަހުސްގައި ވެސް މެމްބަރުންގެ ތުހުމަތުތައް އެންމެ ބޮޑަށް އަމާޒުކުރެއްވީ ފެނަކަ ކޯޕަރޭޝަނަށެވެ. އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން އަސްލަމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. ކުންފުނިތައް ހަރުދަނާ ކުރެވޭނެ އެއް ގޮތެއް ކަމަކަށް އޭނާ ދެއްކެވީ ސަރުކާރުތަކާއި އެކު ކުންފުނިތައް ބަދަލުވާން ނުޖެހޭ ގޮތަށް ބޭއްވުމެވެ.

"ސަރުކާރުގެ ކުންފުނިތައް ހިންގަން ތިބެން ޖެހޭނީ ހަރުދަނާ، ކުންފުނިތައް ހިންގޭ ވަރުގެ ގާބިލު މީހުން. ކޮންމެ ސަރުކާރަކާ އެއްކޮށް ކޮންމެ ކުންފުންޏެއްގެ މަތި އެއްކޮށް ބަދަލުވާކަށް ނުވެސް ޖެހޭނެ އިނގޭތޯ،" އަސްލަމް ވިދާޅުވިއެވެ.

އެގޮތަށް ބަދަލުވާން ނުޖެހޭނީ ގާބިލުކަމަށް ބަލައިގެން ރަނގަޅު މީހުން ކުންފުނިތަކަށް ލައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.