Advertisement

ރަކީދޫ ސްކޫލު ހުޅުވައި ކިޔަވައިދޭން ފެށުން -- ފޮޓޯ: އެޑިޔުކޭޝަން

22 Oct 2023
ޚަބަރު

ރަކީދޫ ސެޓަލައިޓް ސްކޫލް ހުޅުވައި ކިޔަވައިދޭން ފަށައިފި

ރާއްޖޭގެ އެންމެ އާބާދީ މަދުރަށްތަކުގެ ތެރޭގައި ހިމެނޭ ވ. ރަކީދޫގައި ސަރުކާރުން ޢިމާރާތްކުރި ސެޓަލައިޓް ސްކޫލުގައި މިއަދު ކިޔަވައިދޭން ފަށައިފިއެވެ.

2008 ވަނަ އަހަރު ރަކީދޫ ސްކޫލު ބަންދުކުރީ، އެސްކޫލުގައި އެކަށީގެންވާ ކިޔަވާނެ ދަރިވަރުން ނެތުމުންނެވެ. 15 އަހަރު ފަހުން މިއަދު އަލުން ރަކީދޫ ސްކޫލު ހުޅުވީ 3 ކުދިންނާއި އެކު ސެޓަލައިޓް ސްކޫލެއްގެ ގޮތުގައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެންމެ ފުރަތަމަ މަސައްކަތް ކުރީ، މިއަހަރުގެ ދިރާސީ އަހަރު ފެށޭއިރު އެސްކޫލުގައި ކިޔަވައިދޭން ފެށުމަށެވެ. މިއަދު ކިޔަވައިދޭން ފެށި އިރު، މިއަދަކީ، ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ މިޑްޓަރމް ބްރޭކަށް ސްކޫލުތައް ބަންދުވެފައި ހުޅުވުނު ފުރަތަމަ ދުވަހެވެ.

އާބާދީ މަދުވުމުގެ ސަބަބުން ރާއްޖޭގެ ހަރަށެއްގައި މިހާރު ވަނީ ސެޓަލައިޓް ނިޒާމަށް ކިޔަވައިދޭން ފަށާފައެވެ. އެއީ ބ. ފެހެންދޫ، ބ. ފުޅަދޫ، ގއ. ކޮނޑޭ، އދ. ދިއްދޫ، ވ. ތިނަދޫ އަދި ވ. ރަކީދޫ ސްކޫލެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.