Advertisement

އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ރައްޔިތުން އުތުރު ޣައްޒާ ދޫކޮށް ދިއުމަށް އަމުރު ނެރުމުން، އެ ސަރަޙައްދު ދޫކޮށްދާ މަންޒަރު - ފޮޓޯ: އޭއެފްޕީ

14 Oct 2023
ދުނިޔެ

ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 7

މިއީ ހަމާސް އާއި އިސްރާއީލާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ 7 ވަނަ ދުވަސް، 13 އޮކްޓޯބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ކަންތައްތަކުގެ އުސްއަލިތަކެވެ.

🔴 ހަމާސްގެ އޮފިޝަލުން ބުނާ ގޮތުގައި ފަލަސްތީނުގެ އުތުރު ޣައްޒާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ ދިހަވަރަކަށް މީހުންގެ ފުރާނަ ވަނީ ގެއްލިފައި. މިކަން ހިނގާފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން މިލިއަނަކަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން އުތުރު ޣައްޒާ ދޫކޮށް ދިއުމަށް އަމުރު ނެރުމުން، އެ ސަރަޙައްދު ދޫކޮށް ދާން އުޅުމުގެ ތެރޭގައި.

🔴 ހަމާސްގެ އޮފިޝަލުން ބުނާ ގޮތުގައި ފަލަސްތީނުގެ އުތުރު ޣައްޒާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ ދިހަވަރަކަށް މީހުންގެ ފުރާނަ ވަނީ ގެއްލިފައި. މިކަން ހިނގާފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން މިލިއަނަކަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން އުތުރު ޣައްޒާ ދޫކޮށް ދިއުމަށް އަމުރު ނެރުމުން، އެ ސަރަޙައްދު ދޫކޮށް ދާން އުޅުމުގެ ތެރޭގައި.

🔴 ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ދީފައި ވަނީ، ޣައްޒާއިން މީހުން ނެރުމުގެ އަމުރަކީ ހޮސްޕިޓަލުގައި ތިބި ބަލިމީހުންނަށް "މަރުގެ ހުކުމެއް" ކުރުން ކަމަށް.

🔴 އިސްރާއީލު ސިފައިން ލުބުނާނުގެ ދެކުނުގައި ނޫސްވެރިންގެ ގްރޫޕަކަށް ހަމަލާދިނުމުގެ ސަބަބުން ރޮއިޓާސްގެ ނޫސްވެރިއަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި އަލްޖަޒީރާގެ ދެ ނޫސްވެރިއެއް ވެސް ހިމެނޭ.

🔴 އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 1،900 މީހުން މަރުވެ، 7،696 މީހުން ޒަޚަމްވެފައިވޭ.

🔴 ހުކުރު ދުވަހު އިސްރާއީލުގެ ސިފައިން ޝަހީދުކޮށްލި 16 މީހަކާއެކު، ހިފާފައިވާ ހުޅަނގު އައްސޭރީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 51 އަށް އަރާފައި.

🔴 އިސްރާއީލުގައި މަރުވި މީހުންގެ އަދަދު 1،300 އަށް އަރާފައިވާއިރު، ގާތްގަނޑަކަށް 2،800 މީހުން ވަނީ ޒަޚަމްވެފައި.

🔴 އިސްރާއީލު ސިފައިން ބުނަމުންދަނީ ޣައްޒާގެ ބޯޑަރުތަކުގެ ތެރޭގައި ގްރައުންޑް އޮޕަރެޝަންތައް ހިންގާފައިވަނީ، ގެއްލިގެން ހޯދަމުންދާ އިސްރާއީލުގެ މީހުންގެ ހަށިގަނޑުތައް އެއްކުރުމަށްކަމަށް.

🔴 ރަޝިޔާއިން ބުނާ ގޮތުގައި މި ހިނގަމުންދާ ހަނގުރާމައިގެ އަސްލު ދެނެގަތުމަށް، ޣައްޒާއަށް ހާލަތު ރަނގަޅަށް ދެނެގަތުން "ވަރަށް މުހިންމު" ކަމަށް. އަދި ސުލްހައިގެ މަރުހަލާ ވަކިބަޔަކަށް ފައިދާވާ ގޮތަށް އެމެރިކާއިން ކުރިޔަށްގެންދާކަމަށް ރަޝީޔާއިން ތުހުމަތު ކުރޭ.

🔴 ފަލަސްތީނަށް ތާއީދުކޮށް، އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަ ކުރަމުންދާއިރު އެކަން ކުށްވެރިކޮށް، މެދުއިރުމައްޗާއި އޭޝިއާ، ޔޫރަޕް އަދި އެމެރިކާގެ ބައެއް ހިސާބުތަކުގައި އެތައް ހާސް ބަޔަކު ދަނީ މުޒާހަރާ ކުރަމުން.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.