Advertisement

ފޮޓޯ: އެމްއެސްއެސް

15 Oct 2023
ޚަބަރު

އެމްއެސްއެސްއިން ރާއްޖެއިން ބޭރުން އައްޑޫއަށް މުދާ ގެނެވޭނެ މަގުފަހިކޮށްދީފި

ރާއްޖެއިން ބޭރުން އައްޑޫ ސިޓީއަށް މުދާ ގެނައުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމްއެސްއެސް އިން ގަނެފައިވާ ކޮންޓެއިނަރ އުފުލާ ބޯޓު، މުދަލާއި އެކު ފުރަތަމަ ފަހަރަށް ހޮނިހިރު ދުވަހު އައްޑޫގައި ބަނދަރުކޮށްފިއެވެ.

އައްޑޫއަށް އެމްއެސްއެސް އޯޕަލް ބަނދަރުކޮށްފައިވަނީ ބޭރު ޤައުމުތަކުން މާލޭ ކޮމާޝަލް ބަނދަރަށް ގެނެސްފައިވާ މުދާތަކުގެ ތެރެއިން، އައްޑޫއަށް ގެންދިޔުމަށް ހުރި މުދަލާއެކުއެވެ. އެމްސްއެސްއިން ބުނީ، ކޮންމެ 10 ދުވަހަކުން މި ބޯޓު މުދަލާއެކު އައްޑޫއަށް ދަތުރުކުރާނެ ކަމަށެވެ. މި ބޯޓު ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ އަދި މާލެ ރޫޓުންނެވެ.

އެމްއެސްއެސް އޯޕަލްގެ ނަމުން ނަންދީފައިވާ މިބޯޓަކީ 20 ރީފާ ކޮންޓެއިނަރު ހިމެނޭހެން ޖުމްލަ 105 ކޮންޓެއިނަރު އުފުލޭ ބޯޓެކެވެ. މި ބޯޓުގައި ކްރޭންގެ އިތުރުން ސިމެންތިއާއި، ވެލި ފަދަ ސާމާނު އުފުލުމަށް ދެ ފަލްކާވެސް ހުރެއެވެ. މި ބޯޓުގެ ދިގުމިނުގައި 67.2 މީޓަރު ހުރެއެވެ.

އެކުންފުނިން ބުނީ، ކުރިއަށްއޮތްތަނުގައިވެސް ވިޔާފާރިވެރިން މާލެއިން މުދާ ގަނެގެން، އައްޑޫއަށް ކޮންޓެއިނަރުގައި ގެންދިޔުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އެމްއެސްއެސްއިން 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހުވެސް ވަނީ އިންޑިއާގެ ޓުޓްކޮރިންއިން އައްޑޫ ސިޓީއަށް ދަތުރު ކޮށްފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.