Advertisement

އިސްރާއީލުން ދިން ހަމަލާތަކަކަށްފަހު ފަލަސްތީނުގެ އަންހެނުން އަދި ކުޑަކުދިން، ފޮޓޯ: ރޮއިޓާސް

16 Oct 2023
ޚަބަރު

ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 9

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 9 ވަނަ ދުވަސް، 15 އޮކްޓޯބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ފަލަސްތީނަށް ދެމުންގެންދާ ބޮމުގެ ހަމަލާތަކުގެ އިތުރުން، ޣައްޒާގެ ބޯޑަރު ފެންސުކައިރިއަށް އިސްރާއީލުން ވަނީ އެމީހުންގެ ހަނގުރާމަވެރި ޓޭންކްތަކާއި ހަތިޔާރުތައް ގެނަސް، ޣައްޒާގެ ބިން ބަލާފާސްކޮށް، ހަމާސް ނައްތާލުމަށްކަމަށް ބުނެ އެ ރަށަށް އެރުމަށް ތައްޔާރުވެފައި

🔴 ފަލަސްތީނުގެ ރެފިއުޖީންނަށް އެހީދޭ އދ.ގެ އިދާރާއިން ބުނާ ގޮތުގައި އިސްރާއީލާއެކު ހިނގަމުންދާ ހަނގުރާމައިގެ ފުރަތަމަ ހަތް ދުވަހު ގާތްގަނޑަކަށް ޣައްޒާގެ އެއް މިލިއަން ފަލަސްތީނު މީހުންގެ ގެދޮރު ގެއްލިފައިވޭ

🔴 އީރާނުގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރު އަބްދުالله، އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، އެ ގައުމުން އަބަދު ހަނގުރާމައިގެ އޮބްޒާވަރެއްގެ ގޮތުގައި ނޯންނާނެ ކަމަށް. އަދި ހަމަނުޖެހުން އިތުރަށް ބޮޑުވެގެންދާނަމަ އިސްރާއީލާއި އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ދޭނެކަމުގެ އިންޒާރު ވެސް އިރާނުން ދީފައިވޭ.

🔴 އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ޣައްޒާގެ ގިނަ ފެން ހޮޅިތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ފަލަސްތީނުގެ ރައްޔިތުން ބުނަނީ އިސްރާއީލުން ޣައްޒާގެ ދެކުނަށް ފެން ފޯރުކޮށްދޭން އިއުލާން ކުރުމަކީ އެމީހުންގެ "ޕަބްލިސިޓީ ސްޓަންޓެއް" ކަމަށް

🔴 ޔޫރަޕިއަން ޔޫނިއަންގެ ގައުމީ ލީޑަރުން އިސްރާއީލުގެ ހަމަލާތަކަށް ތާއީދުކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިންސާނީ އަދި ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް، އިސްރާއީލުގެ ސިފައިން އެ ކުރަނީ އެ ގައުމުގެ ރައްޔިތުން ދިފާއުކުރުމުގެ ގޮތުން ކުރާ ހަނގުރާމައެއްކަމަށް

🔴 އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 2،670 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިން. އަދި މަދުވެގެން ޣައްޒާގެ 50 އާއިލާއެއް އެ ގައުމުގެ ސިވިލް ރަޖިސްޓްރީން އެއްކޮށް ފޮހެވިގެން ގޮސްފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވޭ. ހަމާސްގެ އަސްކަރީ އޮޕަރޭޝަންގައި މަރުވި އިސްރާއީލުގެ މީހުންގެ އަދަދު 1،400 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 286 ސިފައިން ހިމެނޭ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.