Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

22 Oct 2023
ޚަބަރު

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ބިލު އަވަސްކުރުމަށް މުއިއްޒު އެދިވަޑައިގަންނަވައިފި

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ޞިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގަންނަވައިފިއެވެ. އިންތިހާބީ ރައީސް ޑރ. މުއިއްޒު މިކަމަށް އެދިވަޑައިގަތީ އިއްޔެ ހދ. މަކުނުދޫގައި ގޭސް ފުޅިއެއް ގޮވައި، ދެ މީހަކު މަރުވި ހިތާމަވެރި ހާދިސާއާއި ގުޅިގެން ނެރުއްވި ބަޔާނުގައެވެ.

އިންތިހާބީ ރައީސްގެ ބަޔާނުގައި ހދ. މަކުނުދޫގައި ހިނގައިދިޔަ މި ހިތާމަވެރި ހާދިސާގައި 2 މީހަކު ނިޔާވި ޚަބަރު އެހީ ފުން ހިތާމައާއި އެކުގައިކަމަށް ވިދާޅުވިއެވެ. އަދި މަކުނުދޫގައި ހިނގި ހާދިސާގެ އިތުރުން މިމަހުގެ 19 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައިވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފައިވާކަން އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

އިންތިހާބީ ރައީސްގެ ބަޔާނުގައި ވަނީ މި 2 ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ތަހުގީގުކޮށް، މިފަދަ ހިތާމަވެރި ކަންކަން ތަކުރާރުނުވާނެހެން ފިޔަވަޅު އެޅުއްވުމަށް ކަމާއިބެހޭ މުއައްސަސާތަކަށް ގޮވާލައްވާފައެވެ. އަދި 2 ހާދިސާވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައިކަމުން މިފަދަ ހާދިސާތައް މަދުކޮށް މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި މުޖްތަމައުގެ ހުރިހައި ފަރާތްތަކުން ޒިންމާދާރުވުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންނެވިއެވެ.

މިފަދަ މައްސަލަތަކަށް ނިޒާމީ ގޮތެއްގައި ހޯދަންޖެހޭ ހައްލުތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް މަޖިލިސް މެންބަރުން އަވަސްކޮށްދެއްވުމަށްވެސް އިންތިހާބީ ރައީސްގެ ބަޔާނުގައި އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.