Advertisement

ފަލަސްޠީނާއި އެކު ދިވެހިން ތިބިކަން ހާމަކޮށް ބޭއްވި އެއްވުމެއްގެ ތެރެއިން - ފޮޓޯ؛ އައިއޭސީ

21 Oct 2023
ޚަބަރު

ފަލަސްޠީނާއި އެކު ދިވެހިން ތިބިކަން ހާމަކޮށް ބޮޑު ހިނގާލުމެއް މާލޭގައި ބާއްވައިފި

އިޒްރާއީލުން ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ދެކޮޅު ހެދުމުގެ ގޮތުން، ދިވެހިން މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ.

ރޭ އިރާކޮޅު މާލޭގައި ބޭއްވި މި ބޮޑު ހިނގާލުން ބޭއްވީ މަޖީދީމަގުގައެވެ. ކުޑަކުދިންނާއި އަންހެނުންނާއި އެކި އުމުރުގެ މީހުން ހިމެނޭގޮތުން މިހިނގާލުމުގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ހިނގާލުމުގެ ބައިވެރިން ވަނީ ތަކުބީރު ކިޔައި އަދި ފަލަސްޠީނުގެ މިނިވަން ކަމަށާއި، ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު ބަލައި ނުގަތުމަށް ވަނީ ގޮވާލާފައެވެ.

އޮކްޓޫބަރުމަހުގެ 8 ވަނަ ދުވަހު، އިޒްރޭލު އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅަންފެށިތާ 15 ދުވަސް ވީއިރު އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްޠީނުގެ ކުށެއްނެތް އާއްމުންގެ ތެރެއިން 4000 ވުރެ ގިނަ މީހުން ވަނީ މިހާތަނަށް ޝަހީދުކޮށްލާފައެވެ. އަދި ޣައްޒާއިން ފެނާއި ކަރަންޓާއި މުވާޞަލާތީ ޚިދުމަތްތައް ކަނޑާލައި، ޣައްޒާއަށް ކާބޯތަކެއްޗާއި އެހެނިހެންތަކެތި ވެއްދުން މަނާކޮށް އިޒްރާއީލުންވަނީ ޣައްޒާ ހިޞާރުކޮށްފައެވެ.

ދިވެހި ރައްޔިތުންދަނީ، ފަލަސްޠީނު ރައްޔިތުން ތިބިކަން ހާމަކޮށް ހަރަކާތްތައް ހިންގަމުންނެވެ. މިގޮތުން އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށް ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިން ދަނީ، ފައިސާ އެއްކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.