Advertisement

އިސްލާމީ މަރުކަޒު ---

20 Oct 2023
ޚަބަރު

ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި

ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ގަދައަޅައި މަސައްކަތްކުރުމަށް މިއަދުގެ ހުކުރުޚުޠުބާގައި ގޮވާލައިފިއެވެ.

މިއަދު މުޅިރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާ ޚާއްސަކޮށްފައި ވަނީ، "މަސްޖިދުލްއަޤުޞާގެ މާތްކަން" މި މަޢުޟޫއަށެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައި ވަނީ، އަލްމަސްޖިދުލް އަޤުޞާ މިނިވަންކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ގެއްލިފައިވާ ޙައްޤުތައް އަނބުރައި އިޢާދަކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، މުސްލިމް ޤައުމުތަކުގެ ސަރުކާރުތަކާއި ރައްޔިތުންގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއް ކަމަށެވެ. 

އަދި މަސްޖިދުލް އަޤުޞާއާއި، ފަލަސްޠީނުގެ ރައްޔިތުންނާއި، ދުނިޔޭގެ ކަންކޮޅުތަކުގައި ނިކަމެތިވެފައިވާ، އެންމެހައި މުސްލިމުންނަށްޓަކައި، ޢިޚްލާސްޞްތެރިކަމާއި މަޑުމައިތިރިކަމާއި އެކު މާތްﷲއަށް ދުޢާކުރުމަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

މިއަދު ހުކުރު ޚުޠުބާގައި ވަނީ، މުސްލިމުންނާއި އަލްމަސްޖިދުލް އަޤުޞާއާއި އޮތް ގުޅުމާއި، ޤުދުސްގެ ތާރީޚުގެ މައްޗަށްވެސް އަލިއަޅުވާލާފައެވެ. މިގޮތުން ހުކުރު ޚުޠުބާގައި ބުނެފައި ވަނީ، އަލްޤުދުސްއަކީ، ސަލާމްލެއްވި އިބްރާހީމްގެފާނާއި، އެކަލޭގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ގިނަ ނަބިއްޔުންގެ ފަސްގަނޑުކަމަށެވެ. އަދި އެއީ ސަލާމްލެއްވި ދާއޫދުގެފާނުގެ ވެރިކަމުގައި އެކަލޭގެފާނު ވެރިކަންކުރެއްވި ވެރިރަށް ކަމަށާ، އަދި އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން ސުލައިމާން ޢަލައިހިއްސަލާމްގެ ބޮޑުވެރިކަން ހިންގެވި މާތްބިން ކަމުގައިވެސް ހުކުރު ޚުޠުބާގައި ވަނީ ބުނެފައެވެ.

ޤުދުސާއި ފަލަސްޠީނުގެ ބިމުގެ މައްޗަށް ޔަހޫދީ ކުރާ ދޮގުދައުވާތަކުގެ މައްޗަށް އަލިއަޅުވާލައި ހުކުރު ޚުޠުބާގައި ބުނެފައި ވަނީ، ސަލާމްލެއްވި އިބްރާހީމްގެފާނާއި، ސަލާމްލެއްވި ދާއޫދުގެފާނާއި، ސަލާމްލެއްވި ސުލައިމާންގެފާނަކީ، މުސްލިމުންކަމަށާއި އެބޭކަލުންނަކީ ތައުހީދުގެ އިމާމުން ކަމަށެވެ. އެހެންކަމުން ފަލަސްޠީނުގެ ބިމަކީ، ޔަހޫދީންގެ ނުވަތަ ޒަޔަނިސްޓުންގެ ތަނެއްގެ ގޮތުގައި ތާރީޚީގޮތުންވެސް، އަދި ދީނީގޮތުންވެސް ކަނޑައަޅާނޭތަނެއް ނެތްކަމަށާއި، އަލްމަސްޖިދުލް އަޤުޞާއަކީ، މުސްލިމުންގެ ޙައްޤެއްކަމުގައިވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ފަލަޞްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޢުދުވާންތައް ކުއްވެރިކޮށްފައެވެ. މިގޮތުން ޚާއްޞަ ގޮޮތެއްގައި، ގައްޒާގެ ހޮސްޕިޓަލަކަށް އިޒްރޭލުން ހަމަލާދީ އެއްފަހަރާ 500 ވުރެ ގިނަމީހުން ޝަހީދުކޮށްލި ޢުދުވާނީ ހަމަލާ ވަނީ ކުއްވެރިކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.