Advertisement

ޔޫ.ޑަބްލިޔު.އާރް.އޭގެ އިމާރާތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ---

20 Oct 2023
ޚަބަރު

އިޒްރޭލުގެ ހަމަލާތަކުގައި އދ.ގެ އިތުރު ދެ މުވައްޒަފަކު މަރާލައިފި

ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އިންސާނީ އެހީދިނުމުގައި މަސައްކަތް ކުރަމުން އަންނަ އދ.ގެ އިތުރު ދެ މުވައްޒަފަކު މަރާލައިފިއެވެ.

ޣައްޒާއަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކާއި ގުޅޭ ގޮތުން، އދ. ގެ އިންސާނީ އެހީ ދިނުމުގެ ގޮފިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެޖަމާޢަތުގެ އިތުރު ދެ މުވައްޒަފަކު އިޒްރޭލުގެ ހަމަލާތަކުގައި މަރުވެއްޖެކަމަށާއި، އަދި އިޒްރޭލުގެ ހަމަލާތަކުގައި މަރުވި އެ ޖަމާޢަތުގެ މުވައްޒަފުންގެ އަދަދު މިހާރު، 16އަށް އަރާފައިވާ ކަމަށެވެ. މީގެ އިތުރުން، ހުޅަނގު އައްސޭރީގައި އިޒްރާއީލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގައި، ބައިތުލެހެމްއިން އެކަނިވެސް، 60 މަސައްކަތްތެރިން ހައްޔަރުކޮށްފައިވާ ކަމުގައި ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫ.އެން.ޑަބްލިޔު.އާރް.އޭ) އިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް، ޣައްޒާއަށް ބޭނުންވާ ތެލާއި ކާބޯތަކެއްޗާއި ފެނާއި ބޭސް ފަދަ ތަކެތި ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއް ނެތި ފޯރުކޮށްދިނުމަށް ޔޫ.އެން.ޑަބްލިޔު.އާރް.އޭ އިން ދަނީ މަސައްކަތް ކުރަމުން ކަމުގައިވެސް އެޖަމާޢަތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޖަމާޢަތުން ބުނީ، އެޖަމާޢަތުން ޤާއިމްކޮށްފައިވާ ހިޔާތަކުގައި، ބައި މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ހިޔާތައް ވަނީ ފުރި ތޮއްޖެހިފައި ކަމަށެވެ.  އަދި ގެދޮރު ގެއްލުނު ބައެއް މީހުން އެނބުރި އެހެން ސަރަހައްދުތަކަށް ދާން ފަށާފައިވާ ކަމަށްވެސް ޔޫ.އެން.ޑަބްލިޔު.އާރް.އޭ އިން ވަނީ ބުނެފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި، ޔޫ.އެން.ޑަބްލިޔު.އާރް.އޭގެ މުވައްޒަފުން މަރަމުން ދިޔުމުގެ އިތުރުން، އިޒްރާއީލުން ވަނީ، އިންސާނީ އެހީގެތަކެތި ގުދަންކޮށްފައި ހުރި، ޔޫ.އެން.ޑަބްލިޔު.އާރް.އޭގެ ވެއާހައުސްތަކަށްވެސް ހަމަލާދީފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް، އިޒްރާޢީލުން ހިންގަމުންދާ އުދުވާނަށް 14 ދުވަސް ވީއިރު، މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްޠީނުގެ 3،785 މީހުން ޝަހީދުވެ 12،493 މީހުން ވަނީ ޒަޚަމްވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.