Advertisement

ހަމާސްއިން ދޫކޮށްލި ދެ އަސީރުން ---

21 Oct 2023
ޚަބަރު

ހަމާސްއިން އަސީރުންގެ ގޮތުގައި ހައްޔަރުކުރި އެމެރިކާގެ ދެ ރައްޔިތަކު ދޫކޮށްލައިިފި

އިޒްރާއީލުން ހިފާފައިވާ ބިންތަކުގައި އާބާދުކޮށްފައިވާ އިޒްރޭލުގެ ރައްޔިތުންގެ ތެރެއިން ހަމާސްއިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްގެން ޣައްޒާއަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ދެ ރައްޔިތަކު މިނިވަންކޮށްފިއެވެ.

14 ދުވަސް ފަހުން، ހަމާސްއިން ދޫކޮށްލި 2 އަސީރުންނަކީ، ޖުޑިތު ރާނަން، 59 އާއި އޭނާގެ 17 އަހަރުގެ އަންހެން ދަރިފުޅު ނަތާލީ ރާނަން އެވެ.

އެދެމީހުން މިނިވަންކޮށްފައި ވަނީ ރޭގައެވެ.

ހަމާސްއިން އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންދިޔަ މީހުންގެ އަދަދު 200އަށް އަރާނެ ކަމުގައި އިޒްރާއީލުން ވަނީ ބުނެފައެވެ. ހަމާސްއިން އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ދަނީ ފަލަސްޠީނުގެ ޣައްޒާގެ އާއްމުންނަށް ހަމަލާދީ އަންހެނުންނާއި ކުޑަކުދީން ޝަހީދު ކުރަމުންނެވެ. އަދި ޣައްޒާއިން ފެނާއި ކަރަންޓާއި އިންޓަރނެޓް ކަނޑާލައި ޣައްޒާއަށް ކާބޯތަކެއްޗާއި ތެލާއި ބޭސް ވެއްދޭނެ މަގުތައްވެސް އިޒްރޭލުން ވަނީ ބަންދުކޮށްފައެވެ.

އިޒްރޭލުން ޣައްޒާގެ އާއްމު ރައްޔިތުންނާއި ދެކޮޅަށް ފާޅުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާއިރު، އެކަމަށް ވާގިވެރިވަމުން އަންނަނީ އެމެރިކާއިންނާއި އިނގިރޭސި ވިލާތުންނެވެ. އިޒްރޭލަކީ، އިނގިރޭސި ވިލާތާއި، އެމެރިކާގެ މަދަދާއި އެހީއާއެކު ޒަޔަނިސްޓުން ފަލަސްޠީނުގެ ބިމުގައި ޤާއިމްކުރި ޣައިރު ޤާނޫނީ ދައުލަތެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.