Advertisement

ހދ. މަކުނުދޫ ބަނދަރުމަތި ---

21 Oct 2023
ޚަބަރު

ހދ. މަކުނުދޫގައި ބާރުގަދަ އެއްޗެއް ގޮވައި ބިދޭސީ ބަޔަކު މަރުވެއްޖެ

ހދ. މަކުނުދޫގައި ބާރުގަދަ އެއްޗެއް ގޮވައި، ބިދޭސީ ބަޔަކު މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ، މިއަދު ހަވީރު މަކުނުދޫ މަސްމާރުކޭޓް ސަރަހައްދުގައެވެ. ހާދިސާގައި މަރުވީ ކިތައް މީހުންކަމެއް ސާފެއް ނުވެއެވެ. އެހެން ނަމަވެސް ފުލުހުން ވިދާޅުވީ ދެ މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

މަރުވިކަމަށް ބެލެވިފައި ވަނި، ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީންގެ ތެރޭގައި ހިމެނޭ ބައެކެވެ.

މަކުނުދޫއިން ވާހަކަދެއްކި މީހުން ބުނެފައި ވަނީ ގޮވިއެއްޗެއްގެ ބާރުގަދަ ކަމުން، މަރުވި މީހުންގެ ހަށިތައްވެސް ކުދިކުދިވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެބާރުގަދަ ގޮވުމުގެ އަޑު ރަށުތެރެއަށް ވަރަށް ބާރަށް އިވުނު ކަމުގައިވެސް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވެއެވެ.

ހުކުރު ދުވަހު، ކުޅުދުއްފުށީ އެއާޕޯޓުގައިވެސް ވަނީ ގޭސް ސިލިންޑަރެއް ގޮވައި ބަޔަކަށް އަނިޔާވެފައެވެ. އެހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ މިހާރު ވަނީ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފައެވެ. މަކުނުދޫ ނަރުދަމާ ސައިޓްގައިވެސް ގޮވީ ގޭސް ސިލިންޑަރެއްކަމުގައި އެރަށުން ވާހަކަދެއްކި ބައެއް މީހުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. އެހެން ނަމަވެސް މަކުނުދޫގައި ގޮވިއެއްޗަކާއި ގުޅޭ ގޮތުން ކަމާއި ބެހޭ ފަރާތްތަކުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.