Advertisement

ފޮޓޯ: މަމްސް ޖަމިއްޔާ

21 Oct 2023
ޚަބަރު

ފަލަސްޠީނަށް އެހީވުމަށް މަމްސް ޖަމިއްޔާގެ ޙާއްސަ ހަރަކާތެއް މިއަދު

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް މަމްސް ޖަމުޢިއްޔާއިން އިސްނަގައިގެން ޙާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި ހަރަކާތް އޮންނާނީ މިއަދު ހުޅުމާލެ ރުއްގަނޑު 1 ގައެވެ. މި އިވެންޓުގެ ހޮސްޓިން ޕާޓުނަރަކީ އާބަންކޯއެވެ.

"މޯލްޑިވިއަން ވިމެން ވިތު ފަލަސްތީން" ނަމުގައި ބާއްވާ މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު 14:00 އިން އިރުއޮއްސި 18:00 އާހަމައަށެވެ. ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޖަންބަލް ސޭލެއް ގޮތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއިވެންޓްގައި، ވިއްކުމަށް ހަމަޖެހިފައިވަނީ އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ތަކެއްޗެވެ. އަދި ފައިސާ ހޯދުމަށް މި އިވެންޓް އޮންނަ ސަރަހައްދުގައި ފުޑް ކޯނާރއެއް ބެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ކުޑަކުދިންނަށް ހާއްސަ އެކިކަހަލަ ކުޅިވަރުތައް މިސަރަހައްދުގައި ކުޅެވޭނޭ އިންތިޒާމް ހަމަޖެއްސުމަށް ވެސް ވަނީ ނިނަމާފައެވެ. މަމްސް ޖަމްޢިއްޔާއިން ވަނީ މިއިވެންޓުން ލިބޭ ފައިސާ ފަލަސްތީނަށް އެހީ ފޯރުކޮށްދެމުން އަންނަ އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން، އައި.އޭ.ސީން ޚާއްސަ ފަންޑެއް ހުޅުވާފައިވާއިރު، މި ފަންޑަށް ގިނަ ފަރާތްތަކުން ދަނީ ފައިސާ ހަދިޔާކުރަމުންނެވެ. އަދި އިޒްރާއީލުން ފަލަސްޠީނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުއްވެރިކޮށް ރާއްޖޭގައި ދަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.