Advertisement

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އއ. ހިމަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް ހުޅުއްވައިދެއްވުން --- ފޮޓޯ: ޑީޖޭއޭ

30 Oct 2023
ޚަބަރު

އުއްތަމަ ފަނޑިޔާރު އަރިއަތޮޅުގައި މަސައްކަތްކުރާ ޝަރުޢީދާއިގެ މުވައްޒަފުންނާއި ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އަރިއަތޮޅުގައި މަސައްކަތްކުރާ ޝަރުޢީދާއިގެ މުވައްޒަފުންނާއި ބައްދަލުކުރައްވައިފިއެވެ.

މިހަފްތާގެ ކުރީކޮޅު އެމަނިކުފާނު އަރިއަތޮޅަށް ކުރެއްވި ދަތުރުފުުޅުގައި ވަނީ، އއ. ތޮއްޑޫ، އުކުޅަސް، ރަސްދޫ، ހިމަންދޫ، ފެރިދޫ އަދި މަތިވެރިއަށް ވަޑައިގެން، އެރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ، މެޖިސްޓްރޭޓުންނާއި، މުވައްޒަފުންނާއި ބައްދަލުކުރައްވާފައި ކަމުގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރައްވާފައިވެއެވެ. މިދަތުރުފުޅުގައި އުއްތަމަ ފަނޑިޔާރު ވަނީ، މެޖިސްޓްރޭޓް ކޯޓުތަކަށް ޒިޔާރަތް ކުރައްވައި، އެކޯޓުތަކަށް ޒިޔާރަތްކުރާ އިއްޒަތްތެރިންގެ ދަފުތަރުގައި ސޮއެކުރައްވާފައެވެ.

މީގެ އިތުރުން، އއ. ހިމަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތްވެސް އެމަނިކުފާނު ވަނީ، ހޮނިހިރު ދުވަހު ހުޅުއްވައިދެއްވާފައެވެ.

އއ. އަތޮޅުގައި ޝަރުޢީދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އެކު ބޭއްވި މިބައްދަލުކުރެއްވުމުގައި، އުއްތަމަ ފަނޑިޔާރު ވަނީ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ހުރި ދަތިތަކާއި، އަދި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، ޝަރުޢީ ދާއިރާ ހަރުދަނާކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.