Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

30 Oct 2023
ޚަބަރު

ވީއައިއޭ އައު ޓާމިނަލް ސެޕްޓެމްބަރ މަހަށް ނިމޭނެ: މުއިއްޒު

ނުނިމި ދިގުލައިގެން ގޮސްފައިި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަޝްރޫއު، އެންމެ ލަސްވެގެން އަންނަ ސެޕްޓެމްބަރަށް ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާއި ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ) ގުޅިގެން އިންތިހާބީ ރައީސަށް މަރުހަބާ ދެންނެވުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހިސާބުން ކުރިއަށް ގެންދަން ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ. އެކަމުގައި އެންމެ މުހިންމު ކަމަކީ، މުއިއްޒު ވިދާޅުވި ގޮތުގައި، ވީއައިއޭ ތަރައްގީކުރާ މަޝްރޫއު ނިންމުމެވެ.

އިންތިޤާލީ މަރުޙަލާގެ ކަންކަން ކުރިއަށްގެންދާ ކޮމިޓީތަކުން އެއްކުރެވިފައިވާ މަޢުލޫމާތުތަކުން ދައްކާގޮތުން މިމަސައްކަތް މިހާރު ކުރިއަށްދާ ޝެޑިއުލްގެ ދަށުން ނިންމާލެވޭނެކަމަށް ލަފާކޮށްފައިވަނީ 2025 އަހަރުގެ ޖުލައިމަހުކަމަށް އިންތިޚާބީ ޑރ.މުއިއްޒު ވިދާޅުވިއެވެ. ޑރ.މުއިއްޒު ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތް އަވަސްކުރަންޖެހޭކަމަށާއި އެމަނިކުފާނު އަމާޒަކީ އަންނަ ސެޕްޓެމްބަރަށް އެއަރޕޯޓްގެ މަސައްކަތް ނިންމާލުންކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.  

"އެކަން ކުރުމުގައި މިހާރުު ވެސް އަޅުގަނޑުމެން މި ވަނީ މަސައްކަތްތަކެއް ފަށާފައި. ޔަގީންކަން އެބައޮތް އަޅުގަނޑުމެންނަށް މިކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި އަދި ތިޔަބޭފުޅުން އެކަމުގައި ދެއްވާ ތަރުހީބާ އެކީގައި އެކަން އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.

ވީއައިއޭގެ އާ ޓާމިނަލް އިމާރާތް ކުރަން ހަވާލުކުރީ ސައުދި އަރަބިއްޔާގެ ބިން ލާދިން ގްރޫޕާއެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ. އެ ޓާމިނަލް އަވަހަށް ނިންމަން އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ސައުދީއިން ވަނީ މިފަހުން ނިންމާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.