Advertisement

ތިލަފުށި 2 ގެ ބީ އޭރިއާ ހިއްކާފައި --- ފޮޓޯ: އާބަންކޯ

01 Nov 2023
ޚަބަރު

ތިލަފުށީގެ ދެވަނަ ފޭސްގެ ފުރަތަމަބައި ހިއްކައި ނިންމައިފި

ސިނާޢީ މަސައްކަތްތަކަށް ޚާއްސަކޮށްފައިވާ، ތިލަފުށީގެ ދެވަނަ ފޭސްގެ ފުރަތަމަ ބައިގެ ބިން ހިއްކައި ނިމިފައިވާ ކަމުގައި އާބަންކޯއިން ބުނެފިއެވެ.

އެކުންފުނިން ބުނީ، ތިލަފުށީ ދެވަނަ ފިޔަވަހީގައި ހިމެނޭ އޭރިއާ ބީ ގެ ބިންހިއްކުމުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާ ކަމަށާއި އަދި އޭރިއާ އޭގެ ބިންހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މިގޮތުން، އޭރިއާ އޭގެ ބިންހިއްކުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ނިމެނޭކަމުގައި، އާބަންކޯއިން ވަނީ ބުނެފައެވެ. އޭރިއާ އޭގެ ގޮތުގައި ހިއްކުމަށް ހަމަޖައްސާފައި ވަނީ، 71.5 ހެކްޓަރުގެ ސަރަހައްދެކެވެ. 

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ މާރިޗު މަހުގައެވެ. މިގޮތުން ތިންއޭރިއާއަކަށް ބަހާލައިގެން ތިލަފަޅު ހިއްކަމުންދާއިރު، މިހާރު ނުފެށި އޮތީ އޭރިއާ ސީގެ މަސައްކަތެވެ.

ތިލަފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ، ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ. އެކުންފުންޏަކީ، ސިނަމާލެ ބްރިޖް ހެދުމުގެ މަސައްކަތްވެސް ކޮށްފައިވާ ކުންފުންޏެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.