Advertisement

ފޮރިން މިނިސްޓަރ އަހްމަދު ނަސީމް ލިޔުމާއި ހަވާލުވެވަޑައިގަންނަވަނީ ---

31 Oct 2023
ޚަބަރު

ލެޕްރެސީ ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމުގެ ޝަރަފް ރާއްޖެއަށް

ދުނިޔޭގައި ފުރަތަމަ ލެޕްރެސީ ފެތުރުން ހުއްޓުވި ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ ކަނޑައި އެކަމުގެ ލިޔުން ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ދީފިއެވެ.

މިލިޔުން ރާއްޖެއަށް ދީފައި ވަނީ، އިންޑިއާގެ ވެރިރަށް، ނިއުދިއްލީގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗްއޯގެ ދެކުނު އިރުމަތީ އޭޝިޔާ ރީޖަން ކޮންފަރެންސްގެ ތެރެއިންނެވެ. ރާއްޖޭގެ ފަރާތުން މިލިޔުމާއި ހަވާލުވެވަޑައިގެންނެވީ، ފޮރިންގ މިނިސްޓަރ އަހުމަދު ނަސީމެވެ. އަދި މިލިޔުން އެމަނިކުފާނާއި ހަވާލުކޮށްދެއްވީ،  ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ޑރ.ޕޫނަމް ކެތްރަޕާލް ސިންގް އެވެ.

ރާއްޖެއިން ޖުޒާމް ބަލި ނުވަތަ ލެޕްރަސީ ނައްތާލުމަށްޓަކައި، ވަނީ 2019 ވަނަ އަހަރުން ފެށިގެން ޚާއްސަ ހަރަކާތްތަކެއް ހިންގާފައެވެ. މިގޮތުން ބައްޔާއި މެދު މީހުން ހޭލުންތެރި ކުރުވުމާއި، ބަލީގެ ހާލަތު ދެނެގަތުމަށާއި، ބަލި ހުރި މީހުން ދެނެގަތުމަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައްވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިހާރު މީހުންދިރިއުޅޭ 187 ރަށުގެ ތެރެއިން، 178 ރަށަކީ ލެޕްރަސީ ނެތް ރަށްތަކެކެވެ. އަދި މިކާމިޔާބީއަށް ވާސިލްވުމުގައި ކުރެވުނު މަސައްކަތްތަކުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ހެލްތު މިނިސްޓްރީން ވަނީ މަރުޙަބާ ކިޔައި އަދި ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގައި 1997 ވަނަ އަހަރުން ފެށިގެން ވަނީ ލެޕްރެސީ ކޮންޓްރޯލްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.