Advertisement

ކެމިކަލް އެކުލެވިފައިވާ ކަމަށް ތަހްލީލުތަކުން ދައްކާފައިވާ ދިޔާ ބޭސް --

08 Nov 2023
ޚަބަރު

ސިޓްރިޒަން ދިޔާ ބޭހެއް ބޭނުން ކުރުމާއި ވިއްކުން ރާއްޖޭގައި މަނާކޮށްފި

ސިޓްރިޒަން ދިޔާ ބޭހެއް ބޭނުން ކުރުމާއި ވިއްކުން ރާއްޖޭގައި މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ވިއްކުން މަނާކޮށްފައި ވަނީ، ޕާކިސްތާނުގައި އުފައްދާފައިވާ، އެލަރގޯ އޯރަލް ލިކުއިޑް ބޭހެވެ. މިއީ އެލާޖީއަށާއި ކެއްސުމާއި ހުމާއި ރޯގާއަށް ދޭ ބޭހެކެވެ. 

އެމްއެފްޑީއޭއިން ބުނެފައި ވަނީ މިބޭހުގައި، ކެމިކަލް މާއްދާއެއް ކަމުގައިވާ، ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލިން ގްލައިކޯލް ހިމެނިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށް އިންޒާރު ދީފައިވާ ކަމަށެވެ. އަދި މިބްރޭންޑުގެ ބޭހުގެ 10 ސާމްޕަލް ނަގައި ޓެސްޓްކުރި އިރު އެމާއްދާތައް އެބޭހުގައި އެކުލެވިގެންވާ ކަން ތަޙްލީލުތަކުން ދައްކާފައިވާ ކަމުގައިވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ. އެހެންވެ އެބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން، އެބްރޭންޑްގެ ބޭސް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެއް ކަމުގައި، އާއްމުކޮށް އަންގައި އިއުލާނުކުރާކަމުގައި އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.