Advertisement

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެލާނާ އެއާޕޯޓުގައި ---

07 Nov 2023
ޚަބަރު

ރައީސް ނަޝީދު ދުބާއީއަށް ވަޑައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިމާވެއްޓާއި ބެހޭ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ދުބާއީއަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ދުބާއީއަށް ވަޑައިގެންނެވީ، 17 ވަނަ ގްލޯބަލް ސިޒަންޝިޕް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކަމުގައި، ރައީިސް ނަޝީދުގެ އޮފީހުން ހާމަކުރައްވާފައިވެއެވެ. މިކޮންފަރެންސް ހިންގަމުންދާނީ، މާދަމާއިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިކޮންފަރެންސްއަކީ، ދުނިޔެއަށް އަންނަ ބަދަލުތަކާއި ގުޅިގެން، ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކޮންފަރެންސެއް ކަމަށާއި، މީގެ އިތުރުން، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއި، ޤައުމުތަކުގެ ތަރައްޤީއާ ޓެކްނޮލޮޖީގެ ދައުރު އަދި ރާއްޖެ ފަދަ ނާޒުކު ތިމާވެެއްޓެއްވާ ޖަޒީރާ ޤައުމުތަަކަށް ލިބިދާނެ ގެއްލުންތަކާއި، އެކަންކަމަށް ހޯދޭނެ ހައްލުތަކަާއި، ގްލޯބަލް ސިޓިޒެންޝިލްގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި ބެހޭ އޮނިގަނޑު އެކުލަވާލުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވޭނެ ކަމުގައި ރައީސް ނަޝީދުގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.

މިކޮންފަރެންސަށްފަހުގައި ރައީސް ނަޝީދު އެނބުރި ރާއްޖެވަޑައިގަންނަވާނީ، މި މަހުގެ 11 ވަނަ ދުވަހުގައިކަމަށްވެސް ރައީސް ނަޝީދުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.