Advertisement

ޣައްޒާއަށް އިޒްރޭލުން ވައިގެ ހަމަލާތައް ދިނުން --

07 Nov 2023
ޚަބަރު

ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި، މިހާތަނަށް 37 ނޫސްވެރިން މަރާލައިފި

ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި، މިހާތަނަށް 37 ނޫސްވެރިން މަރާލައިފިއެވެ.

އޮކްޓޫބަރު 8 ވަނަ ދުވަހު އިޒްރޭލުން ޣައްޒާއަށް ހަމަލާތައްދޭން ފެށިތާ އެއްމަސް ދުވަސްވެގެން ދިޔައިރު، ހަނގުރާމައިގެ ޚަބަރުތައް ގެނެސްދިނުމުގައި ހަރަކާތްތެރިވަމުން ދިޔަ، ނޫސްވެރިންގެ ތެރެއިން ފަލަސްޠީނުގެ 32 ނޫސްވެރިން އިޒްރޭލުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި ބައެއް ނޫސްވެރިން ޝަހީދުކޮށްލާފައި ވަނީ އެމީހުންގެ އާއިލާއާވެސް އެކުގައެވެ. 

އެހެން ނަމަވެސް ނުރަސްމީ ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރާއީލުގެ ހަމަލާތަކުގައި މަރުވި ނޫސްވެރިންގެ އަދަދު ވަނީ 47އަށް އަރާފައެވެ.

ރޭ އިޒްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި، ވެސް ވަނީ ފަލަސްޠީނުގެ ނޫސްވެރިއަކު ޝަހީދުކޮށްލާފައެވެ. ރޭ ޝަހީދުކޮށްލާފައި ވަނީ، މުހައްމަދު އަލް ޖަލާލް ނަމަކަށްކިޔާ ނޫސްވެރިއެކެވެ. އިޒްރާއީލުން އޭނާ ދިރިއުޅޭ އިމާރާތަށް ބޮން އެޅުމުގެ ސަބަބުން އޭނާ އާއި އޭނާގެ އަނބިމީހާއާި އެދެމަފިރިންގެ ކުޑަ ދެދަރިން ވަނީ ޝަހީދުވެފައެވެ.

އިޒްރާއީލުން ރޭގަނޑުގެ ވަގުތުގައި ވައިގެ ހަމަލާތައް ދެމުން އަންނަނީ މީހުން ޢިމާރާތްތަކުގައި ނިދާފައި ތިއްބައެވެ.

އިޒްރޭލުން އަންނަނީ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހަނގުރާމައިގެ ހުރިހާ ޖަރީމާތަކެއް ހިންގައި ޤަތުލު ޢާއްމުތައް ހިންގަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Sep 2024
ޚަބަރު
އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ - ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައި ކަމުގައި ހީނާ ވަނީ ވިދާޅުވެފައެވެ.
19 Sep 2024
ކުޅިވަރު
ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް އަދި ނޭނގޭ: ނޯމަލައިޒިން ކޮމެޓީ
ނޯމަލައިޒިން ކޮމެޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެފައިވަނީ، ކުލަބުތަކުގެ މާލީ ހާލަތު ދަށްވެފައިވުމާއި ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީތައް މިވަގުތު ހުސްވެފައިވުމުގެ ސަބަބުން، ސީޒަން ފެށުމަށް ގިނަ ދުވަސް ހޭދަވާނެ ކަމަށެވެ.
19 Sep 2024
ކުޅިވަރު
ބައްސާމް ދެ އެޕާޓްމަންޓު ގަތް މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދީފައިވާ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމް އަދީލް، އަމީން އެވެނިއު އިން ދެ އެޕާޓްމެންޓް ގަތް މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.