Advertisement

07 Nov 2023
ޚަބަރު

އެމްޑީޕީން ސްޕްރީމްކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގެންދެވި ހުއްޓިފައި އޮތް އޮތުމާއި ގުޅޭ ގޮތުން، މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ސްޕްރީމްކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

އިއްޔެ މިމައްސަލައިގެ އަޑުއެހުންތައް ނިންމާ ނުލެވުނީ މައްސަލައިގެ ތެރެއަށް ތަދައްޚުލްވި ދަ ޑިމޮކްރެޓްސްއަށް އެފަރާތުން ހުށައަޅަން ބޭނުންވާ ނުކުތާތައް ހުށައެޅުމަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ޝަރީއަތުގެ މަޖިލީހުގައި އިތުރު ފުރުޞަތަކަށް އެދުމުންނެވެ.

އެމްޑީޕީން މަޖިލީހަށް ހުށައެޅި މިމައްސަލައަކީ، ޤާނޫނު އަސާސީއާ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔުމާ ގުޅޭ ގޮތުން ހިމަނާފައިވާ މާއްދާތައް މާނަކުރުމުގައި، އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއި ގުޅިގެން ހުށައެޅި ދުސްތޫރީ މައްސަލައެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައަޅައި ނޯޓިހުގެ މުއްދަތު ހަމަވުމަަށްފަހުގައި އެހެން ކަމެއް މަޖިލީހުގައި ކުރިޔަށް ގެންދެވޭނީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަށްފަހުގައެވެ. ރައްޔިތުންގެ މަޖިލީހުގެ 48 މެމްބަރުން ސޮއެކުރައްވައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅައި 14 ދުވަހުގެ ނޯޓިސް ހަމަވުމާއިއެކު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ގެންދަވަނީ، އާލާސްކަންފުޅާއި އުޅުއްވާކަމަށް ވިދާޅުވެ މަޖިލީހުގެ އިދާރާއަށް ތަކުރާރުކޮށް، ސަލާމް ފޮނުއްވަމުންނެވެ. މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސެވެ. އެހެންވެ އީވާ އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގަންނަވާތީ، އެމްޑީޕީން ސްޕްރީމްކޯޓަށް މައްސަލަ ވެއްދީ، މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިން މެމްބަރަކު ރިޔާސަތުގައި އިންނަވައިގެން އެމައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯއްދެވުމަށެވެ.

އިއްޔެއާ މިއަދު ސްޕްރީމްކޯޓުގައި ކުރިޔަށް ދިޔަ މިމައްސަލައިގައި މައްސަލަ ހުށައެޅި ފަރާތުންނާއި، މައްސަލަ ރައްދުވާ ރައްޔިތުންގެ މަޖިލީހުގެ ފަރާތުންނާއި، މައްސަލައިގެ ތެރެއަށް ތަދައްޚުލްވި ޕީޕިއެމް ޕީއެންސީގެ ފަރާތުންންނާއި ދަ ޑިމިކްރެޓްސްގެ ފަރާތުން ވަނީ ވާހަކަދައްކަވާފައެވެ.

މިމައްސަލައިގެ އަޑުއެހުންތައް ނިންމަވާލައްވަމުން، ސްޕްރީމްކޯޓުގެ ފަނޑިޔާރުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު ވިދާޅުވީ، ވީއެންމެ އަވަހަކަށް މިމައްސަލައިގައި ގޮތެއް ނިންމޭތޯ ޝަރީއަތުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލެއްވިއިރު، ދެން ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ތާރީޚާއި ވަގުތެއް އިއުލާނެއް ނުކުރައްވައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.