Advertisement

އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދެމުންދިޔަ ވަގުތު ނަގާފައިވާ ފޮޓޯއެއް ---

06 Nov 2023
ޚަބަރު

ޣައްޒާއަށް ނިއުކުލިއަ ހަތިޔާރުން ހަމަލާދިނުމަށް އިޒްރޭލުގެ މިނިސްޓަރަކު ގޮވާލި ގޮވާލުން ދިވެހިރާއްޖެއިން ކުއްވެރިކޮށްފި

އިޒްރޭލުން ޣައްޒާއަށް ހަމަލާ ދިނުމުގައި ނިއުކުލިއަ ހަތިޔާރު ބޭނުން ކުރުމަށް އިޒްރޭލުން ހެރިޓޭޖް މިނިސްޓަރ ގޮވާލި ގޮވާލުން ދިވެހިރާއްޖެއިން ކުއްވެރިކޮށްފިއެވެ.

ޚާރިޖިއްޔާއި އެކަން ކުއްވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އިޒްރޭލު ސަރުކާރުގެ ވަޒީރަކު ދާދި ފަހުން، ޣައްޒާއަށް ހަމަލާދިނުމަށް، ނިއުކްލިއާ ބޮމެއް ބޭނުންކުރުމަކީ އޮތް ފުރުޞަތެއް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ޚާއްޞަކޮށް ފަލަސްޠީނުގައި ކުށެއްނެތް ޢާންމުންނާ ދެކޮޅަށް އިސްރާއީލު ސަރުކާރުން މިހާރުވެސް އަސްކަރީ ޙަމަލާތައް ދެމުން އަންނަ މިދަނޑިވަޅުގައި އިޒްރޭލުގެ މިނިސްޓަރަކު އެފަދައިން ބަޔާނެއް ދެއްވުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމުގައިވެސް ޚާރިޖިއްޔާއި ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަން ބަލައި ފިޔަވަޅު އެޅުމަށްވެސް ދިވެހިރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލާފައެވެ.

ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވަނީ، ފަލަސްތީނުގެ ކުށެއްނެތް ޢާންމުންނަށް ދެމުންގެންދާ ޙަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ވަގުތުން ފިޔަވަޅު އެޅުމަށް ތަކުރާރުކޮށް ގޮވާލައި، ފަލަސްޠީނުގެ ރައްޔިތުންނަށް ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ފުރުޞަތުދިނުމަށާއި، ފަލަޞްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރާއީލުން ހިންގަމުން އަންނަ ޢުދުވާން ވަގުތުން ހުއްޓާލުމަށްވެސް ގޮވާލާފައެވެ.

ޣައްޒާއާ ނިއުކުލިއަ ހަތިޔާރުން ހަމަލާދިނުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށް ބުނެ އިޒްރާއީލު ސަރުކާރުގެ ވަޒީރަކު ވާހަކަފުޅު ދެއްކެވި އިރު، ނިއުކުލިއަ ހަތިޔާރުން ހަމަލާދިނުމުގެ ޤާބިލްކަން ލިބިފައިވާ އެމެރިކާގެ އަސްކަރީ ސަބްމެރިންއެއް އެމެރިކާއިން ޣައްޒާކައިރިން މެޑިޓެރޭނިއަން ކަނޑަށް ފޮނުވާފައިވާ ކަމުގައި ބައިނަލްއަޤުވާމީ ރިޕޯޓްތައް ބުނެއެވެ.

އިޒްރާއީލުން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގެ މުޅި އުތުރު ޣައްޒާއަށް އެޅި ބޮންތައް އެއްކޮށްލާއިރު، އޭގެ ބާރު ނިއުކުލިއަ ބޮމަކާއި އެއްވަރު ކަމަށާއި، އަދި މުޅި އުތުރު ޣައްޒާ އިޒްރާއީލުން ވަނީ ފުނޑުފުނޑުކޮށްލާފައި ކަމުގައިވެސް ހަނގުރާމައިގެ މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ޣައްޒާއަށް އިޒްރޭލުން ނިއުކުލިއަ ހަތިޔާރުން ހަމަލާދީފާނެ ކަމުގެ ކަންބޮޑުވުންތައް އިތުރުވަމުން އަންނައިރު، އިޒްރޭލުން ޣައްޒާއަށް ވައިގެ ހަމަލާތައް ދޭންފެށިތާ މިއަދު ވަނީ އެއްމަސް ވެފައެވެ. އަދި ވައިގެ ހަމަލާތަކުގައި ޝަހީދުކޮށްލި ކުށެއް ނެތް އާއްމުންގެ އަދަދު ވަނީ، 10000 ވުރެ މަތިވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.