Advertisement

މަނާކޮށްފައިވާ ޕެރަސެޓް މޯލް ބްރޭންޑްގެ ބޭސްފުޅިއެއް --

09 Nov 2023
ޚަބަރު

ކޮލިޓީގެ މައްސަލަތަކެއް ފާހަގަވެ ޕެރަސެޓްމޯލްގެ ބާވަތެއް މަނާކޮށްފި

ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ، ކުޑަކުދިންނަށް ދޭ ޕެރަސެޓްމޯލްގެ ބްރޭންޑެއް ކަމުގައިވާ، ކެލްޕޮލް ޕީއެޑްޓްރިކް ޑްރޮޕްސް ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ. 

އެ އޮތޯރިޓީން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، ކެލްޕޮލް ޕީއެޑްޓްރިކް ޑްރޮޕްސް، ޕެރަސެޓްމޯލް ޕީއެޑްޓްރިކް އޯރަލް ސަސްޕެންސަން އައިޕީ 100މގ ގެ ފުޅީގައި، ކުލަ ބަދަލުވުމާއި ގަނޑުވެފައި ހުރުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެމައްސަލަ ބަލަމުންދާތީ، އެބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުން މަނާކުރާ ކަމަށެވެ. 

އިންޑިއާގެ ކުންފުންޏަކުން އުފައްދާ މި ބޭހަކީ، ތަދުކެނޑުވުމަށާއި ހުމަށް ތުއްތުކުދިންނަށް ދޭ ބޭހެކެވެ. މިބޭހަކީ އިންޑިއާއިން އެމެރިކާއަށާއި ޔޫރަޕްގެ ޤައުމުތަކަށްވެސް އެކްސްޕޯޓްކުރާ ބޭހެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.