Advertisement

ފިނޭންސް މިނިސްޓަރ އަމީރު މަޖިލީހުގެ ޖަލްސާއެއްގައި.

14 Nov 2023
ޚަބަރު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށައަޅުއްވައިފި

އަންނަ އަހަރަށް ލަފާކުރި 49.5 ބިލިއަން ރުފިޔާގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ. ފިނޭންސް މިނިސްޓަރ ބަޖެޓް ހުށަހަޅުއްވަމުން ގެންދެވިއިރު މަޖިލީހުގެ ތަޅުމުގައި މައިނޯރިޓީ ޕާޓީގެ މެމްބަރުން ގެންދިޔައީ އަޑުގަދަކޮށް ނިޒާމީ ނުކުތާ ނަގަމުންނެވެ.

މިބަޖެޓްގައި މިއަހަރު ރާއްޖޭގެ އިޤްތިސާދު 8.7 އިންސައްތަ އަށް ކުރިއަރާނެކަމަށްވަނީ ލަފާކޮށްފައެވެ. އަދި އަންނަ އަހަރު 5.5 އިންސައްތައިން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެ، މެދުރާސްތާގައި އެވްރެޖްކޮށް 6.7 އިންސައްތައިގެ އިތުރުވުމެއްގައި ކުރިއަށްދާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާއެވެ. ބަޖެޓުގައި ވަނީ ޓެކުހުގެ ގޮތުގަ ލިބޭ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ އަންނަ އަހަރު އިތުރުވާނެކަމަށް ލަަފާކޮށްފައެވެ.

ބަޖެޓުގައި ކަނޑައަޅާފައިވާ 49.5 ބިލިއަން ރުފިޔާގެތެރެއިން ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 47.3 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 34.8 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓް، ޕީއެސްއައިޕީއަށް 8.6 ބިލިއަން ރުފިޔާ ކަނޑައަޅަފައިވެއެވެ. އެއީ ބަޖެޓުގެ %17އެވެ. ބަޖެޓުން 7.4 ބިލިއަން ހޭދަކުރާނީ ދަރަނި ސަރވިސްކުރުމުގެ މަސައްކަތްތަކަށެވެ. 

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 14.0 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ތަކެއްޗާއި ޚިދުމަތް ހޯދުމާއި، ދަތުރުފަތުރާއި މަރާމާތު ފަދަ ރިކަރަންޓް ޚަރަދުތަކަށް 6.1 ބިލިއަން ރުފިޔާ، އަދި ސަބްސިޑީ އާއި އެހީ ދިނުމަށް 9.4 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ލޯނުގެ ޚިދުމަތުގެ ޚަރަދަށް 5.2 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބަޖެޓުކޮށްފައިވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.