Advertisement

އިންތިހާބީ ރައީސް މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ.

14 Nov 2023
ޚަބަރު

މައުލޫމާތު ނުފޮރުވައި ނޫސްވެރިންނަށް ހާމަކުރާނަން: މުއިއްޒު

ސަރުކާރުން މައުލޫމާތު ނުފޮރާވާނެ ކަމަށާ ހުރިހާ މައުލޫމާތެއް ނޫސްވެރީންނަށް ހާމަ ކުރައްވާނެ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ ދިވެހި ނޫސްވެރީންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައެވެ.

"ނޫސްވެރީންގެ ގުންޒަރު" ގެ ނަމުގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ހުޅުވާލެވިފައިވާ ސަރުކާރަކަށް ވާނެ ކަމަށެވެ. އަދި ފޮރުވާނެ ކަމެއް ނޯންނާނެ ކަމަށެވެ. ކެބިނެޓާއި ކުންފުނިތަކުގައި ވެސް ތިއްބަވާނީ އެ ސިޔާސަތު ތަންފީޒު ކުރައްވާނެ ބޭފުޅުން ކަަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން ފޮރުވާނެ ކަމެއް ނޯންނާނެ އޭ. ރައްޔިތުންނަށް ހިދުމަތް ކުރަން ނިކުންނަ މީހަކު ފޮރުވަން ޖެހޭ ކަމެއް އޮވެގެން ނުވާނެ. ރައްޔިތުން ކަމަކު އެދެފިނަމަ އެކަމެއް ސާފުކޮށް ބަޔާންކޮށްދެވެންވާނެ. އެ ފަލްސަފާގައި މަސައްކަތް ކުރާނެ ހިތްވަރު ގަދަ ޓީމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކުލަވާލާފައި މިވަނީ،" މުއިއްޒު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވެފައިވަނީ މީޑިއާތަކަށް ފައިސާ ދޭނެކަމަށާއި ފައިސާ ދޭނީ ހަމަޖެހޭ އުސޫލަކުން ދެފުށްފެންނަ ގޮތަކަށް ކަމަށެވެ. މީޑިއާ ވިލެޖެއް ގާއިމު ކުރުމާއި ނޫސްވެރިކަމުގެ ކޯސްތަކުގައި ހިލޭ ބައިވެރިވޭނެ ގޮތް ހައްދަވާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.