Advertisement

ރައްޔިތުންގެ މަޖިލީހުގެ އައު ރައީސް މުޙައްމަދު އަސްލަމް ---

13 Nov 2023
ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އަސްލަމް އިންތިޚާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިންތިޚާބުކޮށްފިއެވެ.

އަސްލަމް އެމަޤާމަށް އިންތިޚާބުކުރީ މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ މެދުގައި ނެގި ސިއްރުވޯޓުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް އަސްލަމް އިންތިޚާބުވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި، 71 މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އަސްލަމްއާ ވާދަކުރެއްވި، ޢަލީ އާޒިމްއަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް އަސްލަމް މި އިންތިޚާބުކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި، މުޙައްމަދު ނަޝީދު މިއަދު އެމަޤާމުން އިސްތިޢުފާ ދެއްވުމުންނެވެ. ނަޝީދު އިސްތިއުފާ ދެއްވީ، މަޤާމުގައި ދެމި ހުންނެވުމަށް 6 މަސް ދުވަހަށްވުރެ ގިނަ ދުވަހު އެކި ގޮތްގޮތަށް މަސައްކަތް ކުރެއްވުމަށް ފަހުގައެވެ.

މުޙައްމަދު އަސްލަމަކީ، 2005 ވަނަ އަހަރުން ފެށިގެން މެދު ކެނޑުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގައި ދެމި ހުންނެވި ބޭފުޅެކެވެ. މިގޮތުން 16 ވަނަ ރައްޔިތުންގެ މަޖިލީހާއި، 17 ވަނަ ރައްޔިތުންގެ މަޖިލީހާއ، 18 ވަނަ ރައްޔިތުންގެ މަޖިލީހާއި އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް މުހިއްމު ކޮމިޓީތަކެއްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މެމްބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށީ މިރޭ 22:00 ގައެވެ. އަދި މަޖިލީހުގެ ރައީސްގެ މަޤާމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި މަޖިލީހުގެ ރައީސް އަސްލަމްގެ ވާހަކަފުޅަށްފަހުގައި 00:00ގައި ވަނީ މަޖިލީހުގެ ޖަލްސާ ނިންމާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.