Advertisement

ފަލަސްތިނުގެ ގެދޮރު ގެއްލިފައިވާ ބަޔަކު އަލް-ޤުދުސް ހޮސްޕިޓަލްގެ ކައިރީގައި ---

13 Nov 2023
ދުނިޔެ

ހޮސްޕިޓަލްތަކަށް ހަމަލާދޭތީ ފަރުވާ ނުލިބި އެތައް ބަޔަކު އަންނަނީ މަރުވަމުން: ދުވަސް 37

މިއީ ހަމާސް އާއި އިސްރާއީލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 37 ވަނަ ދުވަސް، 12 ނޮވެމްބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ޣައްޒާގައި ހުންނަ ދެވަނައަށް އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ، އަލް-ޤުދުސް ހޮސްޕިޓަލްގެ އޮޕަރޭޝަންތައް މަޖުބޫރު ހާލަތުގައި ހުއްޓާލާފައިވާކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ޖަމްއިއްޔާއިން ބުނެފި. ހޮސްޕިޓލްތައް ހުއްޓާލުމަށް މަޖުބޫރުވީ އިސްރާއީލުން ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ކުރިޔަށް ގެންދެވޭނެ ހަކަތަ ނެތިގެންކަމަށް އެ ޖަމްއިއްޔާއިން ބުނޭ.

🔴 އަލް-ޝިފާ ހޮސްޕިޓަލުގެ އޮޕަރޭޝަންތައް ކުރިޔަށް ގެންދިއުމަށް 300 ލީޓަރުގެ ތެޔޮ ދިނުމުން ހަމާސްއިން އެކަމަށް ދެކޮޅު ހެދިކަމަށް އިސްރާއިލުން ބުނާ ބުނުން ހަމާސް އިން ދޮގުކޮށްފި.

🔴 ޣައްޒާގެ ހޮސްޕިޓަލުތައް ހުއްޓުމަކަށް އައުމުގެ ސަބަބުން ފަރުވާ ނުދެވި ތިބި ބަލި މީހުނަށް ފަރުވާދެވޭނެ އެހެން ގޮތެއް ހޯދުމަށް، ހަނގުރާމަ މެދުކަނޑާލަން ޖެހޭކަމަށް ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް ގޮވާލައިފި.

🔴 އިސްރާއީލް އަސްކަރިއްޔާގެ ސްނައިޕަރުން ދަނީ ކަރަންޓާ، ފެނާ، ކާބޯތަކެތި ނެތިފައި ތިބި އެތައްބަޔަކު ހިޔާވަހިކަން ހޯދައިގެން ތިބި އަލް-ޝިފާ ހޮސްޕިޓަލްގެ ކައިރިން ގިނަ އާންމުންގެ ގަޔަށް ބަޑި ޖަހަމުން. މިކަމާ ގުޅިގެން ހޮސްޕިޓަލުން ނުނިކުމެވި އެތައް ސަތޭކަ ބަޔަކު ތިބީ ތާށިވެފައި.

🔴 އަލް-ޝިފާ ހޮސްޕިޓަލާ މުވާސަލާތީ ގުޅުން އަނބުރާ ގާއިމްވިޔަސް، އެ ހޮސްޕިޓަލަކީ މިހާރު ހޮސްޕިޓަލެއްހެން އޮޕަރޭޓްކުރާ ތަނެއް ނޫންކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަންއިން ހާމަކޮށްފި. އެ ތަންތަނުގެ ހިސްހީ ހިދުމަތްތައް ހުއްޓާލަން ޖެހިފައިވުމުން، މިހާރު އެތަންތަން ބޭނުން ކުރަނީ ރެފިއުޖީ ކޭޕްމްތަކެއް ގޮތަށް.

🔴 ވޯލްޑް ހެލްތް އޯގަނައިޒޭޝަންއިން އިތުރަށް ހާމަކުރާ ގޮތުގައި ހޮސްޕިޓަލްތަކަމަށް ހަމަލާ ދިނުމުގެ ނަތީޖާއެއްގެ ގޮތުން، ފަރުވާ ނުލިބިފައި ތިބި އެތައް ބަޔަކު އަންނަނީ މަރުވަމުން. މީގެ ތެރޭގައި ދުވަސް ނުފުރާ އަލަށް ވިހާފައި ތިބި ތުއްތު ކުދިން ވެސް ހިމެނޭ.

🔴 އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 11،100 މީހަކު މަރުވެފައިވޭ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.