Advertisement

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

15 Nov 2023
ޚަބަރު

މަޖިލިސް މެމްބަރުންގެ ސުލޫކީ ގަވާއިދު އެކުލަވާލަނީ

މަޖިލީހުގެ ހައިބަތާއި ކަރާމާތް ހިފަހައްޓަން "މަޖިލިސް މެންބަރުން ޢަމަލުކުރަންޖެހޭ ސުލޫކީ ކަންކަމުގެ ޤަވައިދު" އެކުލަވާލުމުގެ މަސައްކަތްތައް އަލުން ފަށްޓަވާނެކަމަށް މަޖިލީހަށް ދާދިފަހުން އިންތިހާބުކުރި ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް ވިދާޅުވީ ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން، މަޖިލީހުގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑެއް އެކުލަވާލަން ޖެހޭކަމަށެވެ. މި ގަވައިދު އެކުލަވާލުމުގެ މަސައްކަތް މަޖިލީހުގެ ބައެއް ދަޢުރުތަކުގައި ކުރިއަށްގެންދިޔަކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ 19ވަނަ މަޖިލީހުގައި އެ މަސައްކަތް އޮތީ މުޅިން ހުއްޓިފައިކަމަށެވެ.

އެ ޤަވައިދު އެކުލަވާލާ، ޤާނުނު ބުނާގޮތަށް ޢަމަލުކުރަން ކުރަންޖެހޭ މަސައްކަތްތައް އަލުން ފެއްޓެވުމަށް މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތު ނިންމަވާފައިވާކަމަށް އަސްލަމް ވަނީ ވިދާޅުވިއެވެ. މިއީ މަޖިލީހުގެ ނިޒާމު ނުގެއްލި، މަސައްކަތްތައް ކުރިއަށްގެންދިއުމަން އަޅަންޖެހޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އަސްލަމް ފާހަގަކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ހައިބަތާ ޤަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްއާއި މެންބަރުންގެ މަސްޢޫލިއްޔަތުކަމަށެވެ. ބައެއް މެންބަރުން ދެކެނީ މަޖިލީހަކީ ސިޔާސީ މަސައްކަތްކުރާ ތަނެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް އެކަން އޮތީ އެގޮތަށް ނޫންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެއީ ޤާނުނު ހެދުމާއި، ސަރުކާރު ޖަވާބުދާރީ ކުރުމަށް މުހިންމު މައްސަކަތްތައް ކުރާ ތަނެއްކަމަށާއި، މަޖިލީހުގެ މަސައްކަތްތައް އެމަގުން ގެންދިއުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން މެންބަރުންގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ގޮވާލާކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.