Advertisement

15 Nov 2023
ޚަބަރު

މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި ކުރާނެ ކަންކަން އިއުލާންކޮށްފި

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި އެންމެ މުހިންމު އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަން ހިމެނޭ "ހަފްތާ 14 މަގުޗާޓް" ލޯންޗްކޮށްފިއެވެ. މި މަގުޗާޓު ލޯންޗްކޮށްދެއްވީ ދަރުބާރުގޭގައި ބޭއްވި ޙާއްސަ ހަފްލާއެއްގައި ޑރ. މުހައްމަދު މުއިއްޒުއެވެ.

ހަފްތާ 14 މަގުޗާޓުގައި 8 ދާއިރާއަކުން 161 ވައުދެއް ވަނީ ހިމަނާފައެވެ. މި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

- މިނިވަންކަމާއި ސިޔާދަތު

- އިސްލާމްދީނާއި ޤައުމިއްޔަތު

- ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީ

- އިޤްތިޞާދާއި ތިމާވެށި

- އަންހެނުން، ޒުވާނުން، ފަންނިއްޔަތު އަދި ކުޅިވަރު

- ޞިއްޙީ ދުޅަހެޔޮކަމާއި އޯގާތެރި މުޖްތަމަޢު

- ތައުލީމާއި ތަމްރީން

- ސަރުކާރުގެ ސިޔާސަތާއި ޤާނޫނީ އިޞްލާޙް

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި މަގުޗާޓަކީ ފުރަތަމަ 14 ހަފްތާގައި ކުރައްވާނެ ކަންކަން ކަމަށެވެ. ނަމަވެސް މިއީ ހަމައެކަނި ކުރައްވާނެ ކަންކަން ނޫންކަމަށެވެ. ބަޖެޓާއި ޢާމްދަނީ ހޯދޭ ގޮތާއި އެކީގައި 14 ހަފްތާގެ ޕްލޭންގައި ހިމެނޭ ކަންކަމުގެ އިތުރަށްވެސް ކަންކަން ކުރެވިގެންދާނެކަމަށް އިންތިޚާބީ ރައީސް ވަނީ ވިދާޅުވެފައެވެ. ވައުދުތައް ފުއްދެވުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ފަށްޓަވާނެކަމުގެ ޔަޤީންކަންވެސް ޑރ. މުޢިއްޒު ވަނީ ދެއްވާފައެވެ. އަދި ރެއާއި ދުވާލު ކުރައްވާނެ މަސައްކަތަކީ ނަތީޖާ ނެރެދިނުންކަމަށާއި، އެކަންކަން ރައްޔިތުންގެ ލޯމަތިން ފެނިގެންދާނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

މި ހަފްލާގައި ވަނީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކެންޕެއިންގައި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތެއް ނެރެދެއްވާފައެވެ. މި ފޮތް ނެރެދެއްވާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުރަހީމް އަބްދުﷲ އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.